ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 164/1/2016/64
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 16:00
ސުންގަޑި:
27 ސެޕްޓެންބަރު 2016 01:30
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ނޭޝަނަލް ކޮމްޕިއުޓަރ ނެޓްވޯކް ފުޅާކުރުމަށް ޓެކްނީޝަނުން ބޭނުންވެއްޖެ
ސަރުކާރުގެ ކޮމްޕިއުޓަރ ވިއުގަ ފުޅާކުރުމަށް ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވެއެވެ.
މަޤާމު:
|
ޓެކްނީޝަން ފޮރ ނެޝަނަލް ކޮމްޕިއުޓަރ ނެޓްވޯކް (ލެވެލް 1)
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަސައްކަތުގެ މުއްދަތު:
|
1 އަހަރުދުވަސް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރުކުރެވޭ ގޮތަށް)
|
މަސައްކަތުގެ ވަގުތު:
|
ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 8:00 މެންދުރުފަހު 14:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 16:00 ޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.)
|
މުސާރަ:
|
މަހަކު -/ 12,500 ރުފިޔާ
|
ޕަރފޯމަންސް އެލަވަންސް
|
މަހަކު -/ 2,500 ރުފިޔާ
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
|
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ ، ކ.މާލެ އަދި އަތޮޅުތަކުގައި
|
ފެންވަރު/ޝަރުޠު:
|
- ޓެކްނިކަލް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ޓެކްނިކަލް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑިގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ކޮމްޕިއުޓަރ ނެޓްވޯކްއާއި ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ބެލެހެއްޓުމުގެ ޢަމަލީ މަސައްކަތުގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ ހައްލުކުރުމުގެ ޤާބިލިއްޔަތުކަން ހުރުން.
- ކަނޑުމަގުންނާއި ވައިގެ މަގުން ރަށްރަށަށް ދަތުރުކުރުމާއި، ގިނަ ވަގުތު މާލެއިން ބޭރުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރުން.
- ރަނގަޅުގޮތުގައި މީހުންނާ މުޢާމަލާތުކޮށް، މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލުކުރަން އެނގުން.
(މި މަސަތްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މި އޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)
|
މައިގަނޑު މަސައްކަތްތައް:
|
- ސަރުކާރުގެ ކޮމްޕިއުޓަރ ވިއުގައާއި ރަށްރަށުގެ ރަށު ކައުންސިލްގެ އިދާރާތައް ގުޅާލުމުގެ މަސައްކަތްތައް ކުރުމަށްޓަކައި އަތޮޅުތަކުގައި މަސައްކަތް ކުރުން.
- ސަރުކާރުގެ ކޮމްޕިއުޓަރ ވިއުގަ އަދި އީ-ގަވަރމަންޓްގެ ޚިދުމަތް ކަނޑައަޅާފައިވާ ފެންވަރުގައި އެއް އުސޫލަކުން ފޯރުކޮށްދިނުމާއި ޚިދުމަތްތަކާއި ގުޅިގެން ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވުމާއި، ބަޔާން ކުރެވިފައިވާ ފެންވަރަށް މައްސަލަ ހައްލުކޮށް ޑޮކިއުމަންޓް ކުރުން.
- އީ-ގަވަރމަންޓާ ގުޅިގެން ދެވޭ ޚިދުމަތްތައް، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމާއި އެ ސަރވިސްތަކާއި ގުޅޭ ތަމްރީންތައް ދިނުން.
- އީ-ގަވަރމަންޓާއި ސަރުކާރުގެ ކޮމްޕިއުޓަރ ވިއުގައަށް ދިމާވާ މައްސަލަތަކާއި ދެއްވާ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ހަވާލުކުރާ މަސައްކަތްތައް ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިތްހަމަޖެހޭ ފެންވަރަށް ފޯރުކޮށްދިނުމުގައި އީ-ގަވަރމަންޓް ސާރވިސް ޑެސްކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- އިންފޮމޭޝަން ޓެކްނޯލޮޖީ ދާއިރާއިން ކުރަންޖެހޭ އެހެނިހެން ފަންނީ މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔެކިއުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.
- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ޓްރާސްކްރިޕްޓްގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
-
ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
-
މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
-
ވަޒީފާ އަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
-
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ހުށަހަޅަންޖެހޭ ތާރީޚު: މި މަސަތްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 2016 ސެޕްޓެންބަރު 27 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމެއިލް ([email protected]) އަށް ފޮނުއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އެޑްރެހަށެވެ.
އޮފީހުގެ މަޢުލޫމާތު:
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،
64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 3344000 (960) ،ފެކްސް ނަންބަރު: 3344004 (960)
އީމޭލް އެޑްރެސް: [email protected]
ވެބްސައިޓް: www.ncit.gov.mv
7 ޛުލްޙިއްޖާ 1437