ކުއްޔަށް ދިނުން
ނަންބަރު: (IUL)22-TF/1/2016/207
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:52
ސުންގަޑި: 25 ސެޕްޓެންބަރު 2016 09:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފިލާބިލްޑިންގ 1 ގެ 3 ވަނަފަންގިފިލާ (އުތުރުބައި) - 435 އަކަފޫޓް އޮފީސްބައި ކުއްޔަށް ދިނުން

އިޢުލާން

ފިލާބިލްޑިންގ 1 ގެ 3 ވަނަފަންގިފިލާ  (އުތުރުބައި) - 435 އަކަފޫޓުގެ އޮފީސްބައި ކުއްޔަށް ހިފުމުގެ ފުރުސަތު އަލުން ހުޅުވާލުން         

ފިލާބިލްޑިންގ 1 ގެ 3 ވަނަފަންގިފިލާ (އުތުރުބައި) - 435 އަކަފޫޓު އޮފީސް ބައި ކުއްޔަށްހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-TF/1/2016/191) އިޢުލާނާ ގުޅިގެން ކުރިމަތިލެއްވީ އެންމެ ފަރާތަކުން ކަމަށްވާތީ، އަކަފޫޓަކަށް -/30 (ތިރީސް) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް އަގު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.  

ވީމާ، މި ތަން 5 (ފަހެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން "ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 25 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:30 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ތަޢުލީމީ ފަންޑުގެ އިދާރާ (އެދުރުހިޔާ 9 ވަނަ ފަންގިފިލާ) އަށް ވަޑައިގެން ފޯމު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ ފޯމު އެދުރުހިޔާގެ 9 ވަނަ ފަންގިފިލާގައިވާ މި އިދާރާގެ ކައުންޓަރުން 2016 ސެޕްޓެންބަރު 18 ވާ އާދީއްތަ ދުވަހުގެ 9:00 އިން ފެށިގެން ލިބެން ހުންނާނެއެވެ.                         

ކުއްޔަށްހިފުމަށް އެދޭ ފޯމު ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި -/15,000 (ފަނަރަ ހާސް) ރުފިޔާ ތަޢުލީމީ ފަންޑުގެ އިދާރާގައި ބަހައްޓަވަން ޖެހޭނެއެވެ.  ބިޑް ސެކިއުރިޓީގެ މުއްދަތަކީ 30 ދުވަހެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341193 ފޯނަށް ގުޅުއްވުން އެދެމެވެ.

08 ސެޕްޓެންބަރު 2016