ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ޕޮލިޓެކްނިކުގައި ކެންޓީނުގެ ޚިދުމަތް ޤާއިމުކުރުމަށް ކުރެވުނު އިޢުލާނާ ގުޅިގެން އެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތައް މަދުކަމަށްވާތީ، މޯލްޑިވްސް ޕޮލިޓެކްނިކުގެ IUL)213-PR/1/2016/50) އިޢުލާން ބާޠިލުކޮށް، ކެންޓީންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ދުވަސްތަކުގައި މޯލްޑިވްސް ޕޮލިޓެކްނިކުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚު |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
29 ސެޕްޓެންބަރު 2016 |
ބުރާސްފަތި |
މެންދުރު 14:00 |
އަންދާސީހިސާބު ހުށަހެޅުން |
10 އޮކްޓޫބަރު 2016 |
ހޯމަ |
މެންދުރު 14:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
6 ޛުލްޙިއްޖާ 1437