ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)448/1/2016/50
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:31
ސުންގަޑި: 25 ސެޕްޓެންބަރު 2016 11:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ފެންސް ޖެހުމަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ

އިޢުލާން

ފެންސް ޖެހުމަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ

ހަނިމާދޫ އެއަރޕޯޓަށް ފެންސް ޖެހުމަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 18 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 25 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

07 ޛުލްޙިއްޖާ 1437

08 ސެޕްޓެންބަރު 2016