ކުއްޔަށް ދިނުން
ނަންބަރު: 2016/94
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 28 ސެޕްޓެންބަރު 2016 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ވިއްކުމަށްޓަކައި ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ގައްދޫ ސިނާޢީ ސަރަޙައްދުގެ A ޒޯނުން ތެޔޮ ވިއްކުމަށްޓަކައި 3 ވަނަ ނަންބަރު ބިން ކުއްޔަށް ދޫކުރުން:

ގައްދޫ އައިސް ޕްލާންޓް ސަރަޙައްދުގެ ސިނާޢީ ބޭނުންތަކަށް ކަނޑައެޅިފައިވާ 3 ނަންބަރު ބިން 25 އަހަރަށް ކުއްޔަށް ދޫކުރުމަށް މި އިދާރާއިން 4 އެޕްރީލް 2016 ގައި ކުރި 40/2016 ނަންބަރު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ ބީލަންތައް ބާޠިލުކޮށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 28 ވާ ބުދަދުވަހުގެ 13:00 އަށް ގައްދޫ ކައުންސިލުގެ އިދާރާގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ 13:00 އަށް ގައްދޫ ކައުންސިލުގެ އިދާރާގެ މީޓިންގރޫމަށް ވަޑައިގެން ބީލަން ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާއިރުއާއި ބީލަން ހުށަހަޅާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއާ އެ ފަރާތެއްގެ ހައިސިއްޔަތު ބަޔާންކޮށް ލިޔުމެއް އަދި ދެންނެވުނު ފަރާތުގެ ބަދަލުގައި އަންނަ ފަރާތަކުން އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ، އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. ބީލަމަށް ކުރިމަތިލާ ފަރާތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. ބުނެވިދިޔަ ފަރާތުގެ ތެރެއިން ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމާއި މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

3 ޛުލްޙިއްޖާ 1437

05 ސެޕްޓެންބަރު 2016