ދިވެހިރާއްޖެ
އިޢުލާން
ބަނދަރު ސަރަޙައްދުން ތެލުގެ ވިޔަފާރިކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 1 (އެކެއް) ބިން ބިޑް އުސޫލުން ކުއްޔަށް ދޫކުރުން:
މި ކައުންސިލުގެ ނަންބަރު: (IUL)306/306/2016/90 (16 އޮގަސްޓު 2016) ގެ އިޢުލާނާ ގުޅިގެން ބިޑު ހުށަހަޅާފައިވަނީ އެންމެ ބިމަކަށް ކަމަށްވާތީ، މިހާރު ބިޑު ހުށަހަޅާފައިނުވާ ބިމަށް ބިޑު ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
މިރަށުގެ ބަނދަރު ސަރަޙައްދުން ތެލުގެ ވިޔަފާރިކުރުމަށް 1 (އެކެއް) ބިން ބިޑު އުސޫލުން ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ، މި ބިން ބިޑް އުސޫލުން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
ވީމާ، ތެލުގެ ވިޔަފާރިކުރުމަށް އެބިންް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހެޅުން އެދެމެވެ. ބިޑް ޑޮކިއުމެންޓްސް މި ކައުންސިލުން ގަންނަން ލިބޭނެ ވާހަކަވެސް ދެންނެވީމެވެ.
މަޢުލޫމާތު ދިނުން:
2016 ސެޕްޓެންބަރު 16 ވާ ހޯމަދުވަހުގެ 13:00 ގައި (ރަސްމާދޫ ކައުންސިލުގެ އިދާރާގައި)
ބިޑްު ބަލައިގަތުމަށް ބާއްވާ ބިޑް އޯޕަން މީޓިންގ:
2016 ސެޕްޓެންބަރު 25 ވާ އާދީއްތަދުވަހުގެ 13:00ގައި (ރަސްމާދޫ ކައުންސިލުގެ އިދާރާގައި)
ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ފަރާތަކުން ތަމްސީލުކުރަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނޭ ސިޓީއެއް އެތަނެއްގެ ލެޓަރހެޑްގައި ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާއިރު އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ، ކާޑުގެ އަސްލު ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އަމިއްލަ ފަރާތަކުން އެ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާނަމަ، ހާޒިރުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަދި އެފަރާތެއް ތަމްސީލުކުރާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރަނީ ކޮން ފަރާތެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތުދިނުމާއި، ބިޑް ޑޮކިޔުމަންޓްސް ހަވާލުކުރުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި ކައުންސިލުގެ ނަންބަރު 6580049 ފޯނާ ގުޅުއްވުން އެދެމެވެ. އަދި މި ކައުންސިލުގެ އީމެއިލް އެޑްރެސް: [email protected] އަށް އީމެއިލްކުރުމުންވެސް އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.