ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
އަޑުއެހުމުން މަޙުރޫމްވެފައިވާ ކުދިންނަށް ޚާއްޞަކޮށްގެން މި ސްކޫލުގައި ހިންގާ ކްލާސްރޫމްތައް މި ސްކޫލުން އެދޭ ފެންވަރަށް ސައުންޑް ޕްރޫފް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 2016 އޮގަސްޓު 31 ވަނަ ދުވަހު ކުރެވުނު މި ސްކޫލްގެ ނަންބަރު: JS-B/2016/20 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް އެކަށީގެންވާ އަދަދެއްގެ ފަރާތްތަކުން ހާޒިރުވެފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 19 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 21 ވާ ބުދަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
5 ޛުލްޙިއްޖާ 1437