ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއަށް ޕިކަޕެއް ހޯދުމާގުޅޭ
މި އިދާރާގެ ނަންބަރު: (IUL)/305/305/2016/73 (18 އޮގަސްޓު 2016) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. އެ އިޢުލާނުގައިވާ މަސައްކަތް ކޮށްދިނުމަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުކުރީމެވެ.
މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް، 2 (ދޭއް) ޓަނުގެ ޕަވަރގޭޓް އާ ޕިކަޕެއް ގަނެގެން މިރަށަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 19 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތުތައް ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.
- ޕްރޮޕޯޒަލް ހުށަހަޅާފަރާތުގެ ފުރިހަމަ މަޢުލޫމާތު (ނަމާއި އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު، އީމެއިލް އެޑްރެސް، ފެކްސް ނަންބަރު)
- ޕިކަޕުގެ ކުލަފޮޓޯ، ދެ އަރިމަތިންނާއި ކުރިމަތިން އަދި ފަހަތުން
- ޕިކަޕުގެ ބްރޭންޑާއި އިންޖީނު ބްރޭންޑް އަދި ސްޕެސިފިކޭޝަން
- ޕިކަޕުގެ ވޮރަންޓީ ޕީރިއަޑެއްވާނަމަ، އެކަން
- ރޯޑުވާދިނަސް ހެދުމަށް ބޭނުންވާ އެންމެހައި ޑޮކިއުމަންޓާއި ރޯޑުވާދިނަސް ހަދައިދިނުމަށް ޕިކަޕް ރަޖިސްޓަރީކުރުމާއި ރަޖިސްޓަރީކުރުމަށް ހިނގާ ޚަރަދު
- ތަރޑްޕާޓީ އިންޝުއަރެންސް
މި އިދާރާއިން ބަލާނެ ކަންތައްތައް
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏަކަށްވުން.
- ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.
އަގު ހުށަހެޅުން
- އަގު ހުށަހަޅަންވާނީ ދިވެހިރުފިޔާއިންނެވެ.
- އަންދާސީހިސާބުގެ ޕްރޮޕޯޒަލް ހުށަހަޅަންވާނީ ދިވެހިބަހުންނެވެ.
- ރޯޑްވާދިނަސް ހެދުމަށް ބޭނުންވާ އެންމެހާ ޑޮކިއުމަންޓްތަކާއި ރޯޑްވާދިނަސް ހަދައިދިނުމާއި ޕިކަޕު ރަޖިސްޓަރީކުރުމަށް ހިނގާ ޚަރަދުގެ ތަފުސީލު
- ޕިކަޕް ގަންނަން ހިނގާނެ ޚަރަދާއި އިމްޕޯޓް ޑިއުޓީއާއި ކްލިއަރެންސް ފަދަ ޚަރަދުތައް (އިމްޕޯޓް ޑިއުޓީ މާފުކޮށްދީފިނަމަ އިމްޕޯޓް ޑިއުޓީ ކަނޑައި ޖުމުލަ އަގު)
- މި އިދާރާގެ ނަމުގައި ޕިކަޕު ރަޖިސްޓަރީކޮށް ނިންމުމަށްފަހު ރ. މާކުރަތަށް ގެނެސް ޖެޓީއަށް ބޭލުމުގެ އަގު
ނޯޓް: މަތީގައި ދެންނެވިފައިވާ އުސޫލާ ޚިލާފަށް އަގު ހުށަހަޅާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.
މާކްސް ދެވޭ ގޮތުގެ ތަފުސީލު
- ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލުގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމެޓީއަކުންނެވެ.
- ބިޑް އިވެލުއޭޝަން ކޮމެޓީން އަންދާސީހިސާބުތައް އިވެލުއޭޓްކުރުމަށްފަހު އަންދާސީހިސާބު ކާމިޔާބުކުރެވުނު ފަރާތްތަކަށާއި ނުކުރެވޭ ފަރާތްތަކަށް އެކަން އެންގޭނެއެވެ.
މާކްސްދެވޭ ކެޓަގަރީ |
މާކްސްދެވޭ ގޮތް |
ތަފުސީލް |
ފޯމިއުލާ |
އަގު
|
% 80
|
- މަސައްކަތުގެ ޖުމުލަ އަގަށް (މަސައްކަތުގެ އަގާއި ތަކެތީގެ އަގަށް) ދޭ މާކްސް - މާކްސް ދެވޭނީ ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާޒާކުރާ އަގާ އަޅާބަލާއިރު އެންމެ އެކަށީގެންވާ ކަމަށް މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރެޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. - މިގޮތުން މި ކުރެޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ބެންޗްމާކްގެ ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާފައިވާ ފަރާތްތަކަށެވެ. |
(benchmark price/submitted price) x allocated percentage |
ތަޖުރިބާ |
% 10 |
- ޕިކަޕު ރާއްޖެ ގެނެސް ގަނެ ވިއްކައި، މަރާމާތުކޮށް، ރޯޑުވާދިނަސް ހެދުމުގެ މަސައްކަތުގައި ހޭދަވާ މުއްދަތާއި ކުރެވިފައިވާ މަސައްކަތުގެ މިންވަރު. - މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ މަސައްކަތުގެ މިންވަރާ އަޅައި ބަލައި މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އެންމެ ތަޖުރިބާ ރަނގަޅު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އަށް - މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ބެންޗްމާކުގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ. |
(submitted years of experience/ benchmark years) x allocated percentage |
މުއްދަތު |
% 10
|
- މަސައްކަތްކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް - މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން މަސައްކަތްކުރުމަށް ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އަށް - މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހެޅި ފަރާތަކަށެވެ. |
(benchmark delivery period / submitted delivery period) x allocated percentage |
އަންދާސީހިސާބު ހުށަހެޅުމާއި ބަލައިގަތުން:
- އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ސެޕްޓެންބަރު 25 ވާ އާދީއްތަދުވަހުގެ 11:00 ގައި މާކުރަތު ކައުންސިލުގެ އިދާރާގެ މީޓިންގރޫމުގައެވެ.
- އަންދާސީހިސާބުތައް ކަނޑާނީ އަންދާސީހިސާބުތައް ހުށަހަޅާ ގަޑިގައި ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.
- މަޢުލޫމާތުދިނުމަށް ހަމަޖެހިފައިވާ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
- ބަދަލުގައި އެއްވެސް ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
2 ޛުލްޙިއްޖާ 1437