ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:
ދިވެހިރާއްޖޭގެ ހައިކޯޓަށް CCTV ކެމެރާ ސަޕްލައިކޮށްދޭ ފަރާތެއް ހޯދުމަށްޓަކައި ކުރި ނަންބަރު: (IUL)95-PM/1/2016/62 (11 އޮގަސްޓު 2016) ގުޅިގެން ޝަރުޠު ހަމަވާ 3 ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ދެވަނަ ފަހަރަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 18 ވާ އާދީއްތަދުވަހުގެ 11:00 އަށް ހައިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް އަންދާސީހިސާބު (ބިޑިންގ ޑޮކިއުމެންޓްސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި މި ކޯޓުގެ މީޓިންގރޫމް 1 ގައެވެ. އަންދާސީހިސާބު ހުށަހެޅޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށެވެ.
5 ޛުލްޙިއްޖާ 1437