މަސައްކަތް
ނަންބަރު: 2016/97
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި: 29 ސެޕްޓެންބަރު 2016 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯޅަކޯޓެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ގދ.ގައްދޫގައި ނެޓްބޯޅަކޯޓެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ގައްދޫ ކައުންސިލުގެ އިދާރާއާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އާ ގުޅިގެން ދެވޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ގައްދޫގައި ނެޓްބޯޅަކޯޓެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން 17 އެޕްރީލް 2016 ގައި ކުރި 47/2016 ނަންބަރު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމުން އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އެކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި ނެޓްބޯޅަކޯޓު އެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2016 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް ގައްދޫ ކައުންސިލުގެ އިދާރާގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 06 އޮކްޓޫބަރު 2016 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް ގައްދޫ ކައުންސިލުގެ އިދާރާގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާއިރުއާއި ބީލަން ހުށަހަޅާއިރު ކާކުކަން އަންގައިދޭ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި އެޝަޚުޞެއްގެ ހައިސިއްޔަތު ބަޔާންވާ ރަސްމީ ލިޔުމެއް އަދި ދެންނެވުނު ޝަޚްޞެއްގެ ބަދަލުގައި އަންނަ ފަރާތަކުން އެކަން އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ކުރިމަތިލާ ފަރާތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރީގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. ބުނެވިދިޔަ ފަރާތުގެ ތެރެއިން ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމާއި މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

3 ޛުލްޙިއްޖާ 1437

05 ސެޕްޓެންބަރު 2016