މަސައްކަތް
ނަންބަރު: 2016/95
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:09
ސުންގަޑި: 29 ސެޕްޓެންބަރު 2016 11:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ގދ. ގައްދޫގައި ބަށިކޯޓެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

ގައްދޫ ކައުންސިލުގެ އިދާރާއިންނާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ގައްދޫގައި ބަށިކޯޓެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން 17 އެޕްރީލް 2016 ގައި ކުރި ނަންބަރު 45/2016 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އެކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި ބަށިކޯޓު އެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް ގައްދޫ ކައުންސިލުގެ އިދާރާގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް ގައްދޫ ކައުންސިލުގެ އިދާރާގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބީލަން ހުށަހަޅަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއާއި، އެފަރާތެއްގެ ހައިސިއްޔަތު ބަޔާންކޮށް ލިޔުމެއް އަދި ދެންނެވުނު ފަރާތުގެ ބަދަލުގައި އަންނަ ފަރާތަކުން އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ކުރިމަތިލާ ފަރާތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރީގެ ގޮތުގައި ރަޖިސްޓަރީކުރެވިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. ބުނެވިދިޔަ ފަރާތުގެ ތެރެއިން ގަޑިއަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމާއި މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

3 ޛުލްޙިއްޖާ 1437

05 ސެޕްޓެންބަރު 2016