މަސައްކަތް
ނަންބަރު: (IUL)225-ID/225/2016/22
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 08:34
ސުންގަޑި: 22 ސެޕްޓެންބަރު 2016 11:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާސްޕީޑް ލޯންޗެއް ބަނދެދީ، ލޯންޗަށް ބޭނުންވާ އެހެނިހެން ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

ތިރީގައި މިދަންނަވާ މަޢުލޫމާތާ އެއްގޮތަށް މި އިދާރާއަށް 24 ފޫޓުގެ އާ ސްޕީޑް ލޯންޗެއް ބަނދެދީ، ލޯންޗަށް ބޭނުންވާ އެހެނިހެން ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

DIMENSIONS:

- Length overall 7.27M  - Depth at mid-ship 1.50M

-Beam 2.40M         - Draft 0.40M

INCLUDE:

- Windscreen with grp frame- 1 pc                  - Navigation Lights- 1 Set

- Front and side covering on both sides – 1 set        - Cabin Light – 2 pc

- S/S stanchions at forward  - 1 pc                 - S/S cleats – 5 pc

- Bilge pump with float switch - 1 set               - Mini compass -1 pc

- Pressurized water system with tap - 1 set            - Anchor locker – 1

- Stowage for batteries – 2                        - Stowage below pilot seats – 1

- S/S petrol tank (320ltr) – 1                       - GRP water tank (60Ltr) – 1

- Switch panel – 1                               - Seats with cushions – 1 set

- 12 life jackets – 12 pc                          - S/S deck plate for petrol – 1

- S/S deck plate for water – 1                     - HD rubber fender  - 58ft length

- Fuel meter with sender - 1 set                    - Grp hard top with  s/s support – 1 set

- Hatch cover with s/s pull rings and hinges – 1 set

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަދި ރަށުން ބޭރު ފަރާތްތަކަށް މިކަމަށް އެދި ސިޓީއަކުން ހުށަހެޅުމުން މަޢުލޫމާތު ފޮނުއްވައިދެވޭނެއެވެ. މިކަމަށް އެދި އަންދާސީހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ހއ. އަތޮޅު ކައުންސިލަށް 24 ފޫޓުގެ ސްޕީޑް ލޯންޗާއި ލޯންޗަށް ބޭނުންވާ އެހެނިހެން ތަކެތި ފޯރުކޮށްދިނުމާބެހޭ" މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުން

22 ސެޕްޓެންބަރު 2016 ވަނަ ދުވަހުގެ 11:00

5 އޮކްޓޫބަރު 2016 ވަނަ ދުވަހުގެ 11:00

ކުންފުނި، އިންވެސްޓްމެންޓް، ވިޔަފާރިއަކުން މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާއިރު، އެފަރާތެއްގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުނި، އިންވެސްޓްމެންޓަކުން ނުވަތަ އަމިއްލަ ފަރުދެއް ނަމަވެސް ބަދަލުގައި މީހަކު ފޮނުވާނަމަ، ތަމްސީލުކުރާ ފަރާތް އެނގޭނޭ ސިޓީއެއް ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކުންވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.  

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ ތަކެތި ގަތުމަށް އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެވެ.

  1. ހުށަހަޅާ އަގު (65 އިންސައްތަ)
  2. މުއްދަތު    (20 އިންސައްތަ)
  3. ތަޖުރިބާ    (15 އިންސައްތަ)

3 ޛުލްޙިއްޖާ 1437

05 ސެޕްޓެންބަރު 2016