ދިވެހިރާއްޖެ
އިޢުލާން
ޕްރީސްކޫލް ޢިމާރާތް އަޅައިދޭނެ އަގެއް ހޯދުމާބެހޭ:
ބ. ކިހާދޫ ސްކޫލުގެ ގޯތިތެރޭގައި 2 ކްލާސްރޫމް ހިމެނޭ ޕްރީސްކޫލް ޢިމާރާތެއް އަމިއްލަ ތަކެތީގައި އަޅައިދޭނެ އަގު ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަގު ހުށަހަޅާ ފޯމު 2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހުން ފެށިގެން، ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް ކިހާދޫ ކައުންސިލުގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 2016 ސެޕްޓެންބަރު 19 ވާ ހޯމަދުވަހުގެ 11:00 ގައި، ކިހާދޫ ކައުންސިލުގެ އިދާރާގައެވެ. މި މަސައްކަތުގެ އަގު ހުށަހެޅުން އޮންނާނީ 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި ކިހާދޫ ކައުންސިލުގެ އިދާރާގައެވެ. އަގު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.
- ބ. ކިހާދޫ ޕްރީސްކޫލް ޢިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ އަގާބެހޭ
- އަގު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމު، އަދި މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
2 ޛުލްޙިއްޖާ 1437