ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-D/1/2016/67
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 19:33
ސުންގަޑި: 22 ސެޕްޓެންބަރު 2016 00:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބާގުޅޭ

އިޢުލާން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާ 2016 އޮކްޓޫބަރު 8 ވަނަ ދުވަހުގެ ރޭ 8:30 ގައި ޔޫތު ސެންޓަރުގައި އޮންނާނެއެވެ. ވީމާ، ހިންގާ ކޮމިޓީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، 2016 ސެޕްޓެންބަރު 7 ވަނަ ދުވަހުން ފެށިގެން 2016 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަޤާމަށް ކުރިމަތިލެއްވުމަށް އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރައްވައި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު ހުށަހަޅުއްވަން ވާނީ، ފޯމު، ސިޓީއުރައެއްގައި ބަންދުކުރައްވައި، ސިޓީއުރައިގެ ބޭރުގައި "ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި" މިހެން ލިޔުއްވުމަށްފަހުއެވެ.

އެޕްލިކޭޝަން ފޯމު، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 14:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭ 10 ވަނަ ފަންގިފިލާ)ގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. 2016 ސެޕްޓެމްބަރު 22 ވަނަ ދުވަހުގެ 14:00 ގެ ފަހުން ހުށަހަޅުއްވާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އެޕްލިކޭޝަން ހުށަހެޅުއްވުމަށްފަހު ފޯމު ބަލައިގަތްކަމުގެ ލިޔުން ހޯއްދެވުން އެދެމެވެ. މި ފޯމާއެކު ހުށަހަޅުއްވަންޖެހޭ ކަމަށް ފޯމުގައި ބުނެފައިވާ ތަކެތި ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

ވީ.އޭ.އެމްގެ ހިންގާ ކޮމެޓީގެ މަޤާމުތަކާއި، ވީ.އޭ.އެމް.ގެ ކޮމިޝަންތަކުގެ މެންބަރުން:

  1. ޕްރެޒިޑެންޓް 1 (އެކެއް)
  2. ވައިސް ޕްރެޒިޑެންޓް 1 (އެކެއް)
  3. ޚަޒާންދާރު 1 (އެކެއް)
  4. ރޫލްސް ކޮމިޝަން 3 (ތިނެއް)
  5. ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ކޮމިޝަން 3 (ތިނެއް)
  6. ބީޗް ވޮލީބޯޅަ ކޮމިޝަން 6 (ހައެއް)

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

5 ޛުލްޙިއްޖާ 1437

07 ސެޕްޓެންބަރު 2016