ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)178-H/1/2016/4
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 19:20
ސުންގަޑި: 29 ސެޕްޓެންބަރު 2016 13:30
ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ކްލެސިފަޔަރ ( ޖީ އެސް 4 )

މަޤާމް :އެސިސްޓެންޓް ކްލެސިަފޔަރ (ޖީ.އެސް 4)
ބޭނުންވާ އަދަދު :2

އިޢުލާން

މި ބިޔުރޯގެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމު:

އެސިސްޓެންޓް ކްލެސިފަޔަރ ( ޖީ އެސް 4 )

އޮފީހުގެ ނަން:

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ވަޒިފާ އަދާކުރަންޖެހޭ ތަން:

މާލެސިޓީ

ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ ޢަދަދު:

02

އަސާސީ މުސާރަ:

މަހަކު -/5,020 ރުފިޔާ

 

އެލަވަންސް:

މަހަކު -/1,500 ރުފިޔާ (ސަރވިސް އެލަވަންސް).

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުސޫލަކުން އިތުރުގަޑީގެ މަސައްކަތަށް ދެވޭ އުޖޫރަ ދެވޭނެ.

ސެކްޝަން /ޔުނިޓް:

ކްލެސިފިކޭޝަން އެންޑް ޑިވެލޮޕްމަންޓް ސެކްޝަން / ކްލެސިފިކޭޝަން ޔުނިޓް.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކްލެސިފައިކުރުމަށް ހަވާލުކުރެވޭ އެންމެހައި ފަންނީ އުފެއްދުންތައް ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ގަވާއިދާ އެއްގޮތަށް ކްލެސިފައިކުރުން.
  2. ކްލެސިފައިކުރުމާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ފިލްމް، ލިޓްރެޗަރ އެންޑް ޑެވެލޮޕްމަންޓް ޔުނިޓާ ގުޅިގެން ރާވައި، ތާވަލުކުރުމަށްފަހު ތާވަލާ އެއްގޮތަށް ހިންގައި، އެކަމާބެހޭ ރިޕޯޓުތައް ތައްޔާރުކުރުން.
  3. ބަޖެޓް ހެދުމަށް ޔުނިޓުގެ ފަރާތުން ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް ހުށަހެޅުން
  4. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

އަސާސީ ޝަރުޠު:

  1. މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓު: ސޯޝިއަލޮޖީ، ކައުންސިލިންގ، ސައިކޮލަޖީ އަދި ޗައިލްޑް ސައިކޮލަޖީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • އުރުދޫ (ހިންދީ) ބަސް ދަންނަ މިންވަރު
  • އާންމުންގެ ތެރެއަށް ނިކުމެ ވާހަކަދެއްކުމުގެ ހުނަރު ހުރި މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. (މި ފޯމު މި ބިޔުރޯއިން ލިބެންހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv)) ޑައުންލޯޑު ކުރެވޭނެއެވެ.
  2. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ސިވިލް  ސަރވިސްގެ މި ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް،  އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރިޑެޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިން އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  4. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާއަދާކުރި މުއްދަތާއި ކުރި މަސައްކަތު އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ

  6. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާނަމަ ވަޒީފާ އަދާކުރި ނުވަތަ އެ ވަޒީފާ އަދާކުރާކަމުގެ ރަސްމީ ލިޔުމެއް. (އެ ވަޒީފާގެ މަސްއޫލިއްޔަތާއި، އެ ވަޒީފާގައި ހޭދަވި މުއްދަތާއި މަސައްކަތު އަޚްލާޤުހުރި ގޮތް ބަޔާންކޮށް)

  7. ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

  8. ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

އިތުރު މަޢުލޫމާތު:

  • ޝަރުޠު ފުރިހަމަނުވާ އަދި ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • މި މަޤާމަށް މުވައްޒަފުން ނެގޭނީ މި ބިޔުރޯއިން ކަނޑައަޅާ އިންޓަރވިޔު ޕެނަލެއްގައި މި މަގާމުގެ ވާޖިބު އަދާކޮށްދެވޭނެ ކަމަށް ސާބިތުކޮށްދީ އިންޓަރވިއުއިން ފާސްވުމުންނެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ބިޔުރޯގެ 3010754 ނުވަތަ 3312901 ނަންބަރ ފޯނަށް ގުޅުއްވުން އެދެމެވެ.

ސުންގަޑި:

29 ސެޕްޓެންބަރު 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން.

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނަށް. (ވެލާނާގޭ 05 ވަނަ ފަންގިފިލާ)

އިންޓަވިއުކުރުން:

  • މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
  • އިންޓަވިޢުގައި ވާހަކަ ދެއްކުމުގެ ހުނަރު ނުވަތަ ޕްރެސެންޓޭޝަން ސްކިލްސް ހުރި މިންވަރު ބަލާތީ 15 މިނިޓުގެ ޕްރެސެންޓޭޝަނެއް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެއެވެ.
  • ޕްރެޒެންޓޭޝަން ހުށަހެޅުމާއި ބެހޭ ގޮތުން އިތުރު ތަފުސީލު އިންޓަވިއު އޮންނަ ތާރީޚުގެ 3 ދުވަސް ކުރިން އެންގޭނެ ވާހަކަ ދެންނެވީމެވެ.

3 ޛުލްޙިއްޖާ 1437

06 ސެޕްޓެންބަރު 2016