ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)166/166/2016/101
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 17:34
ސުންގަޑި: 26 ސެޕްޓެންބަރު 2016 13:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:                  ޑިރެކްޓަރ

ބޭނުންވާ ޢަދަދު:             1

ރޭންކް:                  އީ.އެކްސް 1

ކްލެސިފިކޭޝަން:             ޑިރެކްޓަރ (ގްރޭޑް1)

މުސާރަ:                 މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް         މަހަކު -/2000 ރުފިޔާ

ވަޒީފާއޮތް އޮފީސް:           ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ގިންތި:                  ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:  އެޑްމިން، ބަޖެޓް ފައިނޭންސް މެނޭޖްމަންޓް އަދި ލީގަލް އެފެއާރޒް ސެކްޝަން/ ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނެންޝަލް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަންގެ ވެރިންނަށް ލަފައާއި އިރުޝާދު ދީގެން އެ ދެ ސެކްޝަނުން ހިންގާ މަސައްކަތްތައް ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ހިނަގަމުންދާކަން ކަށަވަރުކުރުން.

  2. މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތައް ދިނުމާއި މުވައްޒަފުން ލެއްވުމާއި ވަކިކުރުމާއި މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައް ބެލެހެއްޓުމާއި މުވައްޒަފުންގެ ޕާސަނަލް ފައިލުތައް ބެލެހެއްޓުމާއި އެޕްރައިޒަލް ހެދުމުގެ މަސައްކަތް ބެލެހެއްޓުން.

  3. އޮފީހުގެ ބަޖެޓާ ގުޅޭ މަސައްކަތްތަކާއި ރީޕޭމަންޓް ކަލެކްޝަންގެ މަސައްކަތްތަކާއި ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ މަސައްކަތް.

  4. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަންގެ ހިންގާ ވެރިންގެ ވަޒީފާ ބަޔާންތަކުގައިވާ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުން އަދި އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނެންޝަލް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަންގެ ވެރިންނަށް ބޭނުންވާނެ ޓްރެއިނިންގ ފާހަގަކޮށް އިސްވެރިޔާއަށް މައުލޫމާތު ދިނުން.

  5. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަންގެ މަސައްކަތް އިތުރަށް ހަރުދަނާކުރަން ކުރެވިދާނެ ކަންތައްތައް ފާހަގަކޮށް އިތުރަށް ޚިދުމަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

  6.  އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަންގެ މަސައްކަތާބެހޭ ގޮތުން ނުވަތަ ޑީ.އެޗް.އީ ގެ އެހެން މަސައްކަތްތަކާބެހޭ ގޮތުން ދާންޖެހޭ ޖަލްސާތައް، ވޯރކްޝޮޕް ނުވަތަ މިފަދަ އެހެން ޕްރޮގްރާމްތަކަށް ހާޒިރުވެ އެފަދަ ޖަލްސާތަކުން ނިމޭ ކަންތައްތައް ވެރިންގެ ލަފައާއިއެކު ތަންފީޒުކޮށް ކުރިއަށް ގެންދިއުން.

  7. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަންގެ އަހަރު ރިޕޯޓް ޑްރާފްޓް އެކުލަވައިލުން.

  8. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ އަހަރު ރިޕޯޓު ޑްރާފްޓް އެކުލަވައިލައި ފައިނަލުކޮށް އަހަރު ނިމޭއިރަށް ފޮނުވުން.

  9.  އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭނުންވާ ފައިސާ ކުރިއަށް އޮތް އަހަރަށް ބަޖެޓުކުރުމަށްޓަކައި އަންދާޒާ ބަޖެޓު ތައްޔާރުކޮށް ފައިނޭންސް ސެކްޝަނަށް ފޮނުވުން.

  10. ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ އަހަރީ ބަޖެޓް އެކުލަވާލުމާއި އަދި ބަޖެޓާއިބެހޭ ހުރިހާ ޖަލްސާއެއްގައިވެސް ބައިވެރިވުން.

  11. ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ  ޕްރޮކިއުމަންޓްގެ މަސައްކަތް ބެލެހެއްޓުން.

މަޤާމުގެޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

ނުވަތަ

  1. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސް ގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

ނުވަތަ

  1. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސް ގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަރވިއު ކުރުން

- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 27 ސެޕްޓެންބަރު 2016 އާއި 8 އޮކްޓޫބަރު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. (އެޕްލިކޭޝަން ފޯމު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސް އަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

- އްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

- ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ރ-  ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ބ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ ޢަދަދު ބަޔާންކޮށްފައިވާ).

ޅ- ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ކ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ސެޕްޓެންބަރު 26 ވަނަ ދުވަހުގެ 13.30 ގެ ކުރިން.

ނޯޓު:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ޑިޕާޓްމަންޓްގެ ނަންބަރު 3341303 ފޯނަށް ގުޅުއްވުން އެދެމެވެ.

06 ސެޕްޓެންބަރު 2016