ދިވެހިރާއްޖެ
ދޯނި "ބޭންކުދޯނި 1" ރަޖިސްޓަރީ ނަންބަރު: C2858A-04 އަދި އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމާބެހޭ
ދޯނީގެ ތަފުސީލު:
ބާވަތް: ދޯނި
ނަން: ބޭންކުދޯނި 1
ރަޖިސްޓަރީ ނަންބަރު: C2858A-04
މުދަލުގެ ތަފުސީލު: ދިގުމިން: 14.500 މީޓަރ، ފުޅާމިން 4.000 މީޓަރ، ފުންމިން: 1.880 މީޓަރ، ޓަނޭޖް: 7.600
ވެރިފަރާތް: ބޭންކް އޮފް މޯލްޑިވްސް
ނޯޓް: މި ދޯނި ބަދެފައިވަނީ ލަކުޑިންނެވެ. ދޯނި ވިއްކާލުމަށް ހަމަޖެހިފައިވަނީ ދޯނީގައިވާ އިންޖީނާ އެކުގައެވެ. މި ދޯނި ރަޖިސްޓަރީކޮށްދީފައިވަނީ 29 ސެޕްޓެންބަރު 1997 ގައެވެ. މި އިޢުލާނުކުރެވޭއިރު މިދޯނި އޮތީ ބޭނުންކުރެވޭ ޙާލަތުގައި ތިނަދޫގައެވެ.
ނީލަމުގެ ތަފުސީލު:
ފެށޭ އަގު: -/200,000 (ދެލައްކަ) ރުފިޔާ
މަދުވެގެން ހުށަހެޅޭނެ އަގު: -/20,000 (ވިހިހާސް) ރުފިޔާ
މުއްދަތު ހަމަވާ ތާރީޚު: 2016 ސެޕްޓެންބަރު 19 ވަނަ ދުވަހުގެ މެންދުރުފަހުގެ 2:00 އަށް
ބިޑް ހުޅުވާނެ ތަން: ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ ހެޑްއޮފީސް ބިލްޑިންގުގެ 5 ވަނަ ފަންގިފިލާގައި ހުންނަ ފެސިލިޓީސް ޔުނިޓަށެވެ.
މުއްދަތު ހަމަވާ ތާރީޚާ ހަމައަށް ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިޢުލާން ކުރެވޭނެއެވެ.
ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މި ބޭންކުގެ ވެބްސައިޓް (www.bankofmaldives.com.mv) ގައި އިޢުލާންކުރެވި، ބްރާންޗްތަކުގެ ނޯޓިސްބޯޑުތަކުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ އެންމެ މަތީ އަގު ކަމުގައި އިޢުލާނު ކުރެވޭ އަގަށް ބަދަލެއް ނައިސް، އިޢުލާން ކުރެވޭ ތާރީޚުން ފެށިގެން 5 (ފަހެއް) ދުވަސް ވަންދެން (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެއް އަގެއްގައި އޮތުމުންނެވެ.
ނީލަން ނިންމުން:
ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ބޭންކުން އަންގާ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) ނުވަތަ ބޭންކުން އިތުރުކޮށްދެވޭ މުއްދަތެއްގެ ތެރޭގައި އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ބޭންކަށް ދައްކަވަންވާނެއެވެ. ނުދައްކަވައިފިނަމަ އެހުށަހެޅުން ބާޠިލުކުރުމަށް ނުވަތަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު ބޭންކަށް ލިބިގެންވެއެވެ.
ވަކިފަރާތަކަށް ނީލަން ނިންމުމަށް ބޭންކުން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް ބޭންކުން އެންގުމުގެ ކުރިން ނީލަން ބާޠިލުކުރުމުގެ އިޚުތިޔާރު ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް ލިބިގެންވާކަމުގައި ދެންނެވީމެވެ.
އަގު ހުށަހެޅުން:
ހުށަހަޅަންޖެހޭ ގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ސިޓީއުރައެއްގައި ބަންދުކުރައްވާފައި، ހެނދުނު 8:00 އާއި މެންދުރުފަހުގެ 2:00 އާ ދެމެދު މިބޭންކުގެ ހެޑްއޮފީސް ބިލްޑިންގުގެ 5 ވަނަ ފަންގިފިލާގައި ހުންނަ ފެސިލިޓީސް ޔުނިޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި "ބޭންކުދޯނި 1 ގަތުމަށް އެދި" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.
އަމިއްލަ ފަރުދެއްނަމަ: - ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހިރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯޓުގެ ކޮޕީ)
ކުންފުންޏެއްނަމަ: - މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތަކާ ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހިރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް
- ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
- މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތެއް ޢައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު
- ކުންފުނީގެ މެމޮރެންޑަމް އަދި އާރޓިކަލް އޮފް އެސޯސިއޭޝަން
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ ތިނަދޫ ބްރާންޗަށް (ފޯން ނަންބަރު: 6841002، އީމެއިލް:[email protected]) ގުޅުއްވުން އެދެމެވެ.
ޝަރުޠު: މަތީގައި ބަޔާންކުރެވިފައިވާ ނީލަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް، ނުވަތަ ބޭންކުގެ ބޯޑު ޑައިރެކްޓަރަކަށް، ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ ޢާއިލާގެ ބޭފުޅަކަށް (ޢާއިލާ މާނަކުރުމުގައި މައިންބަފައިން، ދަރިން، ފިރިން/އަނބިން، އެއްބަނޑު/ އެއްބަފާ ބޭފުޅުން، ހިމެނޭ ގޮތަށް) ނުވަތަ އެފަދަ ފަރާތެއް ހިއްސާދާރެއްގެ ގޮތުގައި ނުވަތަ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޕްރައިވެޓް ކުންފުންޏަކުން ބައިވެރިއެއް ނުވެވޭނެއެވެ. ދެންނެވިފައިވާ ބޭފުޅުން ފިޔަވައި އެންމެހައި ފަރުދުންނަށް އަދި ކުންފުނިތަކަށް މިނީލަމުގައި ބައިވެރިވެވޭނެއެވެ.
ކުރީގެ އިޢުލާންތައް: މަތީގައި ބަޔާންކުރެވިފައިވާ ދޯނި އަދި އިންޖީނު ވިއްކާލުމަށް މީގެ ކުރިންވެސް އިޢުލާނު ކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.