މަސައްކަތް
ނަންބަރު: 372-B2/2016/33
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:57
ސުންގަޑި: 20 ސެޕްޓެންބަރު 2016 13:00
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޗެންޗޭނު ޖެހުމުގެ މަސައްކަތުގެ އަންދާސީހިސާބު ހޯދަން

އިޢުލާން

ފ. މަގޫދޫ ޕާމްރެސްޓް ޢިމާރާތުގެ ދެކުނުފަރާތު ބްލޮކްގައި ޗެންޗޭން ޖެހުމަށް އަލުން އިޢުލާން ކުރުން

ފ.މަގޫދޫ ރައްޔިތުންގެ ޕާމްރެސްޓް ޢިމާރާތުގެ ދެކުނުފަރާތު ބްލޮކްގައި ޗެންޗޭނު ޖެހުމަށް ކުރެވުނު މި ކައުންސިލުގެ ނަންބަރު 372-B2/2016/26 (12 ޖުލައި 2016) އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ފ.މަގޫދޫ ކައުންސިލުގެ އިދާރާއިން ޢިމާރާތް ކުރަމުންދާ ޕާމްރެސްޓް ޢިމާރާތުގެ ދެކުނުފަރާތު ބްލޮކްގައި މި ކައުންސިލުން ދައްކާ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި ޗެންޗޭނު ޖެހުމުގެ މަސައްކަތުގެ އަންދާސީހިސާބު ހޯދަން ބޭނުންވެއްޖެއެވެ.    

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2016 ސެޕްޓެންބަރު 20 ވާ އަންގާރަދުވަހުގެ 13:00 ގައި ފ. މަގޫދޫ ކައުންސިލުގެ އިދާރާގައެވެ. އަދި ބިޑުފޮތް ވިއްކުން އޮންނާނީ 2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހުން ފެށިގެން މިއިދާރާއިންނެވެ. ބިޑުފޮތެއްގެ އަގަކީ -/100ރ. (އެއްސަތޭކަރުފިޔާ) އެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ބިޑުފޮތް ބައްލަވައިގަންނަވާ ފަރާތްތަކަށެވެ. އަދި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ސެޕްޓެންބަރު 20 ވާ އަންގާރަދުވަހުގެ 13:00 ގައި ފ.މަގޫދޫ ކައުންސިލުގެ އިދާރާގައެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު މަސައްކަތް ކޮށްދެވޭނޭ އަގު ސާފުކޮށް އެނގެން އޮންނަންވާނެއެވެ. އަދި މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްފައި އޮންނަންވާނީ ލިޔުމުންނެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތެއް ނުދެވޭނެއެވެ. އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނޫން އަންދާސީހިސާބުތަށްވެސް ބަލައިނުގަނެވޭނެއެވެ.  އަންދާސީހިސާބުތައް ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "މަގޫދޫ ޕާމްރެސްޓް ޢިމާރާތުގެ ޗެންޗޭނު ޖެހުމުގެ މަސައްކަތުގެ އަންދާސީހިސާބު ހޯދުމާގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ބައްދަލުވުމުގައި ބައިވެރިވެލައްވާ ފަރާތްތަކުގެ ހާޒިރުގައި ފ. މަގޫދޫ ކައުންސިލުގެ އިދާރާގައެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި ބޭފުޅަކުވަޑައިގަންނަވާނަމަ ވެރިފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

29 ޛުލްޤަޢިދާ 1437 

01 ސެޕްޓެންބަރު 2016