ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 30-A4/1/2016/28
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 20 ސެޕްޓެންބަރު 2016 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

އިޢުލާން

މަޤާމް:  އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ                                  ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު -/4465

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

ކްލެސިފިކޭޝަން

އ. ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް.3

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ފިޝަރީޒް އިންފްރާންސްޓްރަކްޗަރ ޑިވެލޮޕްމެންޓް ސެކްޝަން   

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ

މަޤާމްގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ރާއްޖޭގެ މަސްކަނޑުތަކުގައި 1981 ވަނަ އަހަރުން ފެށިގެން ހަރުކުރަމުން އަންނަ އޮއިވާލި ކަނދުފަތީގެ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފެޑް ސެންޓަރުގައި ކުރާ މަސައްކަތްތައް ރާވައި ހިންގުމާއެކު އެ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ އެ މަސައްކަތްތައް ކުރުން.
  • އޮއިވާލި ކަނދުފަތީގެ މަސައްކަތައް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ތަކެއްޗާއި ރާއްޖެއިން ހޯދަންޖެހޭ ތަކެތި ހޯދައި، މަސައްކަތަށް ދަތި ނުވާނޭހެން އެ ތަކެތި ފެޑް ސެންޓަރަށް ގެންދިޔުމާއި އެ ތަކެތި ސްޓޮކް ބެލެހެއްޓުން
  • ކަނޑައިގެން ގޮސްފައިވާ އޮއިވާލި ކަނދުފަތި ހަރުކުރުމަށް ކުރާ ދަތުރުތައް ރާވައި އިންތިޒާމު ކުރުމާއި، އޮއިވާލި ކަނދުފަތި ހަރުކުރުމަށް ކުރިންނާއި ފަހުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  • އޮއިވާލި ކަނދުފަތި މޮނިޓަރކޮށް އެ ވަގުތެއްގައި އެކި ސަރަޙައްދުތަކުގައި ހުރި ކަނދުފަތިތަކާއި، ކަނޑައިގެންދިޔުމުގެ ސަބަބުން ހަރުކުރަން ޖެހިފައިވާ އޮއިވާލި ކަނދުފަތިތަކާއި، މުޅިން އަލަށް ހަރުކުރަންޖެހޭ ކަނދުފަތިތަކާއި، މަރާމާތު ކުރަންވެފައިހުރި ކަނދުފަތިތައް އެނގޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޑޭޓާ ބޭސް ބެލެހެއްޓުން   

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަސްވެރިކަމުގެ ދާއިރާއާ ބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު

- މަސްވެރިކަމުގެ ޤާނޫނާއި ގަވާއިދުތައް އެނގިފައިވާ މިންވަރު

- ސިވިލް ސާރވިސްގެ ގަވާއިދަށް އަހުލުވެރި މިންވަރު.

- ކަނޑުމަތީގައި ގިނަވަގުތު އުޅުމުގެ ޤާބިލުކަން ލިބިފައިވާ މިންވަރު

މަޤާމު:  ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ                                    ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.އެސް. 2

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

މިނިސްޓަރސް ބިއުރޯ    

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ

މަޤާމްގެ ޝަރުޠު

 

1- މަޤާމުގެ  މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މިނިސްޓްރީއަށް އީ-ގަވަރަމަންޓް މެދުވެރިކޮށް އަންނަ ލިޔުންތައް ކަމާގުޅޭ ސެކްޝަންތަކަށް ރޫޓްކުރުން.
  • މީޑިއާއަށް މިނިސްޓްރީން ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކޮށް، ފޮނުވައި، ލިޔުންތައް ގަވާއިދުން ފައިލުކޮށް ބެލެހެއްޓުން.
  • މިނިސްޓަރ ރާއްޖެތެރެއަށާއި އަދި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އިދާރީ އިންތިޒާމު ހަމަޖެއްސުމުގައި އެހީތެރިވުން.
  • ސީނިއަރ މެނޭޖްމަންޓް މީޓިންގތައް އިންތިޒާމްކުރުމާއި މީޓިންގެ ޔައުމިއްޔާ ގަވާއިދުން ލިޔެ ބެލެހެއްޓުން.
  • މިނިސްޓަރ އަރިހަށް އެޕޮއިންޓްމަންޓަށް އެދިވަޑައިގަންނަވާ ބޭފުޅުންނަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދީ އެޕޮއިންޓްމަންޓުތަކަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުން ހޯދައި އެޕޮއިންޓްމަންޓުތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  • މިނިސްޓަރ އެކިއެކި ޖަލްސާތަކަށް ވަޑައިގަންނަވާއިރު ބޭނުންވާ ލިޔެކިއުންތަކާއި ކަރުދާސްތައް ތައްޔާރު ކުރުން.
  • އެކިއެކި މުނާސަބަތުތަކާ ގުޅިގެން މިނިސްޓަރ ދެއްވާ ސްޕީޗްތަކާއި ސަޕްލިމެންޓްތައް ތައްޔާރުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަޤާމުގެ މަސައްކަތްތަކުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު

- ދިވެހިބަހާއި އިނގިރޭސިބަހުން ލިޔެކިޔުންތައް ތައްޔާރުކުރުމުގެ ޤާބިލުކަން ހުރި މިންވަރު

- ސިވިލް ސާރވިސްގެ ގަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމް:  ރިސާރޗް އޮފިސަރ                                             ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.އެސް.2

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ފިޝަރީޒް މެނޭޖްމެންޓް

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ

މަޤާމްގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ދިވެހިރާއްޖޭގެ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމަށް ނިޒާމުތަކެއް ކަނޑައަޅައި ތަންފީޒުކުރުން
  • ދިވެހިރާއްޖޭގައި ކުރާ ކަނޑުގެ ދިރުންތަކުގެ ތަޙްލީލުކުރުމަށް ދޫކުރާ ހުއްދަތަކުގެ މަސައްކަތްކުރުން
  • މަސްވެރިކަމުގެ ދާއިރާގައި ހިމެނޭ ބޭރުގެ އެކި ޖަމްޢިއްޔާ، ޖަމާޢަތްތަކުން ރާވައި ހިންގާ ޕްރޮގްރާމުތައް ދިވެހިރާއްޖޭގައި ތަންފީޒުކުރުން.
  • ދިވެހިރާއްޖޭގައި ކުރާ އެކިއެކި މަސްވެރިކަމުގެ ހާލަތު ބަޔާންކުރާ ރިޕޯޓުތައް ތައްޔާރުކުރުން
  • މޮނިޓަރިންގ، ކޮންޓްރޯލް އެންޑް ސަރވައަލަންސަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަސްވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

- މަސްވެރިކަމުގެ ޞިނާޢަތާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު

- ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

ޢިނާޔަތްތައް

  1. ސިވިލް ސާރވިސް ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން

- އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހިރާއްޖޭގެ ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓުގެ ކޮޕީ، އަދި ރާއްޖޭން ބޭރުން ހާސިލުކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
  • ސިވލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަތީގައިވާ މަގާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ސޯޓް ލިސްޓް ކުރެވޭ ފަރާތަކަށެވެ.

މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން

މި މަގާމަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޮންނާނެއެވެ.

ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ، މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އާއި 14:00 އާ ދެމެދު 3339244 ފޯނާ ގުޅުއްވުން އެދެމެވެ.

05 ސެޕްޓެންބަރު 2016