ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
މި މަދަރުސާގެ އިމާރާތްތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންވާ ޑިސްޓްރިބިއުޝަން ޕެނަލްބޯޑެއް އަމިއްލަ ތަކެތީގައި ހަދައި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިކަމަށް ކުރިމަތިލެވޭނީ، ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ނަމުގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.
އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢްލޫމާތު ސާފުކުރައްވާފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ގެންނެވުމަށްވެސް ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ފޮނުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފިޒިކަލް ފެސިލިޓީޒް ސެކްޝަން / ވެލާނާގޭގެ 9 ވަނަ ފަންގިފިލާގައެވެ.
ތަފުސީލު |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
22 ސެޕްޓެންބަރު 2016 (ބުރާސްފަތި) |
13:00 |
އަންދާސީހިސާބު ހުށަހެޅުން |
29 ސެޕްޓެންބަރު 2016 (ބުރާސްފަތި) |
13:00 |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، ރަސްމީގަޑީގައި، 6500048 ނަމްބަރ ފޯނާ ގުޅުއްވުމަށް ދެންނެވީމެވެ.
3 ޛުލްޙިއްޖާ 1437