ވަޒީފާގެ ފުރުޞަތު
ނަންބަރު: GS53/IUL /2016/22
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:54
ސުންގަޑި: 22 ސެޕްޓެންބަރު 2016 14:00
ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 މަޤާމު:

 ހެލްތު އޮފިސަރ

 މަޤާމުގެ ނަންބަރު:

188-OD/22/2015/14

 ބޭނުންވާ އަދަދު:

 1 (އެކެއް)

 މަޤާމު އޮތް އޮފީސް:

 ޖަލާލުއްދީން ސްކޫލް

 ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

 ޖަލާލުއްދީން ސްކޫލް / ހދ. ކުޅުދުއްފުށި

 ސެކްޝަން:

 އެޑްމިން

 މަޤާމުގެ ގިންތި:

 ދާއިމީ

 މަޤާމުގެ ރޭންކް:

 އެމް. އެސް. 1

 މަޤާމުގެ ކުލެސިފިކޭޝަން:

 ސީނިއަރ އޮފިސަރ ގްރޭޑް 1

 މުސާރަ:

 މަހަކު -/5،610 ރުފިޔާ

 ސަރވިސް އެލަވަންސް:

 މަހަކު -/2،500 ރުފިޔާ

 އިތުރުގަޑި:

 އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 މަޤާމުގެ ޝަރުޠު:

- ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް   ހާސިލުކޮށްފައިވުމާއެކު، ހެލްތުގެ ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ހެލްތުގެ ދާއިރާއިން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ސެޝަނުގެ ތެރޭގައި ކުދިންނަށް ދިމާވާ ޞިއްޙީ މައްސަލަތަކުގައި އަވަސްފަރުވާ ދިނުމާއި، ކަނޑައެޅޭ އުސޫލެއްގެމަތިން ސްކޫލުގެ ހުރިހާ ކުދިންގެ އާންމު ޞިއްޙަތު ޗެކުކޮށް، އެކަމުގެ ރިކޯޑު ބެލެހެއްޓުން.

2. ހެލްތު ރޫމުގައި ބޭނުންކުރެވޭ ބޭސްފަދަ ތަކެތި މުއްދަތު ހަމަވޭތޯ ބަލައި ޗެކުކުރުން.

3. ބަލިވެގެން ގެންނަ ކުދިންނަށް ސްކޫލުން ދެވެންނެތް ފަރުވާއެއް ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދިއުން.

4. ސްކޫލުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން ހިންގޭ ޕްރޮގުރާމްތައް ރާވައިގެން ކުރިއަށްގެންދިއުން.

5. ފަސްޓްއެއިޑް ފޮށީގައި އަބަދުވެސް ތަކެތި ހަމައަށް ބެހެއްޓުން.

6. ފާޚާނާތަކުގެ ސާފުތާހިރުކަން ބަލައި، ފާޚާނާގެ ނިޒާމު ހުރީ ރަނގަޅަށްތޯ ބަލައި ޗެކުކޮށް، ކަމާބެހޭ ފަރާތަށް މަޢުލޫމާތު ދިނުން.

7. ސްކޫލުގެ ހެލްތު ސްކްރީން ޕްރޮގުރާމް ހިންގައި، ރިޕޯޓު ތައްޔާރުކޮށް ފޮނުވުން.

8. ސްކޫލުގެ ބޯފެން ޓެސްޓްކުރުމާއި، ސާފުތާހިރު ބޯފެން ދަރިވަރުންނަށް ލިބެންހުރިތޯ ޗެކުކޮށް ކަށަވަރުކޮށް، ސްކޫލުގެ އިސްވެރިންނަށް އެންގުން.

9. މުދައްރިސުންނާއި، ބެލެނިވެރިންނާއި، ދަރިވަރުންގެ ޞިއްޙީ މައްސަލަތަކަށާއި ބޭނުންތަކަށް ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތައް ހިންގުން.

10. ރަނގަޅު ކާނާއާބެހޭ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުން.

11. މަތީގައިވާ ކަންކަމުގެ އިތުރުން، ސްކޫލުގެ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

- ހަވާލުކުރެވޭ މަސައްކަތް ނިންމާގޮތާއި، ޕާރފޯމަންސަށް ބަލައިގެން.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި، ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހުގެ 2:00 ގެ ކުރިންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)

- ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިންޓަރވިއުކުރުން:

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި، މި ސްކޫލުގައެވެ. މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ނޯޓު:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލުކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6528815 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

4 ޛުލްޙިއްޖާ 1437

06 ސެޕްޓެންބަރު 2016