ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-PDU/1/2016/162
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:35
ސުންގަޑި: 04 އޮކްޓޫބަރު 2016 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު އިންޖިނިއަރ (ފެނާއި ނަރުދަމާ ކޮމްޕޯނަންޓް)

ޢިއުލާން

ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

   އިންޖިނިއަރ (ފެނާއި ނަރުދަމާ ކޮމްޕޯނަންޓް)   

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން  އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ ''ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް'' މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ފަންނީ ލަފާދިނުމަށާއި ޕްރޮޖެކްޓް ރާވައި ހިންގުމަށްޓަކައި އިންޖިނިއަރެއް އައްޔަން ކުރުމަށް ބޭނުންވެއެވެ.

އިންޖިނިއަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއިން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި ޕްރޮޖެކްޓް ރާވައި ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

އިންޖިނިއަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

ހ) ސިވިލް ނުވަތަ އެންވަޔަރަންމަންޓަލް އިންޖިނިއަރިންގ (ވޯޓަރ ސަޕްލައި އެންޑް ސެނިޓޭޝަން އިލެކްޓިވް މާއްދާތަކުގެ) ގެ ދާއިރާއިން ބެޗްލާރސް ޑިގްރީ ހާސިލުކޮށްފައިވުން.

ށ) މަދުވެގެން 5 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއެކު، މަދުވެގެން 3 އަހަރުދުވަހު ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ޑިޒައިންކުރުމުގައާއި މަޝްރޫޢުތައް ރާވައި ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

ނ) ބައިނަލްއަޤްވާމީ އެހީދޭ ޖަމްޢިއްޔާއެއްގައި މަޝްރޫޢުތައް ރާވައި ހިންގުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ރ) މައިކްރޯސޮޕްޓް އޮފީސް ޕެކޭޖް އަދި ކޮމްޕިއުޓަރ އެއިޑަޑް ޑިޒައިން ސޮފްޓްވެއަރތަކަށް އަހުލުވެރިވެފައިވުން.

ބ) ފަރިތަކަމާއެކު އިނގިރޭސިބަހުން މުޢާމަލާތްކުރުމާއި ޕްރެޒެންޓޭޝަން ދިނުމާއި އަދި ނެގޯސިއޭޓްކުރުމުގެ ހުނަރު ލިބިފައިވުން.

ޅ) މަޝްރޫޢާގުޅޭ ތަފާތުއެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާއި، ޕްރޮޖެކްޓް ޓީމު މޯޓިވޭޓްކުރުވުމާއި، ލީޑަރޝިޕް ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކ) ރާއްޖޭގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމަކީ މިކަމަށް ކުރިމަތިލައްވާ ފަރާތްތައް ހޮވުމުގައި އިސްކަން ދެވޭނެކަމެކެވެ.

އ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުމާއި، ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން. 

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ، ހީވާގި މީހަކަށްވުމާއެކު، ޕްރޮޖެކްޓުގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށްވުން.

- މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ، ނަޒާހަތްތެރި، އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

- އިންޓަރވިއުއަށް ހޮވިފައިވާ ފަރާތްތަކަށް އިންޓަރވިއުއަށް ދަޢުވަތު އެރުވޭނެއެވެ އަދި އެފަރާތެއް ކުރިންކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ ހެކިކޮށްދޭނެ ފަރާތްތަކުގެ ތަފުސީލު ފޮނުވުމަށް އެންގޭނެއެވެ.

- މި މަޤާމަށް ހޮވޭ ފަރާތައް ކުރަންޖެހޭ ޕްރޮޖެކްޓުގެ މަސައްކަތުގެ ލަނޑުދަޑިތައް ރަނގަޅަށް އެނގި އެ ލަނޑުދަތިތައް ހާސިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް އެނގެންވާނެއެވެ.

އުޖޫރަ

މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި، މަހަކު -/32,000 ދިވެހި ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

މަސައްކަތުގެ މުއްދަތު:

މި މަސައްކަތުގެ މުއްދަތަކީ، 24 (ސައުވީސް) މަސްދުވަހެވެ. މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު 1 (އެކެއް) އަހަރުދުވަހަށް އިތުރުކުރެވިދާނެއެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް

މަތީގައި ބަޔާންވެފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވައިލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރާއި، ހުނަރާއި، އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 4 ވަނަ ދުވަހުގެ 12:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އޯފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯން:   453-3018-960+

ފެކްސް: 301-3018-960+

އީމެއިލް: [email protected]

އިތުރު މައުލޫމާތު:

- މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީ www.environment.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] އެޑްރެހަށް އީމެއިލްކުރުން އެދެމެވެ. ނުވަތަ 3018453 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.                         

06 ސެޕްޓެންބަރު 2016