މަސައްކަތް
ނަންބަރު: (IUL)23-OAA/23/2016/69
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 26 ސެޕްޓެންބަރު 2016 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހއ.ބާރަށު ޞިއްޙީ މަރުކަޒު މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ހއ.ބާރަށު ޞިއްޙީ މަރުކަޒު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-AP/23/2016/51 (8 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވާ ބައެއް ފަރާތްތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާނަށް ވާދަކުރާނެ ތިން ފަރާތް ނެތުމުން އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 18 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ހއ.ދިއްދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ހއ.ބާރަށު ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 26 ވާ ހޯމަދުވަހު ހެނދުނު 11:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ ހއ.ދިއްދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ހއ.ބާރަށު ޞިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

06 ސެޕްޓެންބަރު 2016