މަޤާމު
|
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
|
އޮފީސް:
|
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
|
ރޭންކް: EX 3
|
މުސާރަ
|
މަހަކު -/11065 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން
|
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ/ ޕޮލިސީ ޕްލޭނިންގ މޮނިޓަރިންގ އެންޑް ރިސަރޗް
|
ތަޢުލީމާއި ތަޖުރިބާ
|
1. މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
2. މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
3. މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
4. މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން،
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޕޮލިސީ ޕްލޭނިންގ މޮނިޓަރިންގ އެންޑް ރިސަރޗް ޑިވިޜަންގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
- މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި އިދާރާތަކުގެ ސިޔާސަތުތަކާއި، ޕްލޭންތައް އެކުލަވައިލުމުގައި އެހީތެރިވެ ދިނުމާއި، ބަޖެޓު ތައްޔާރު ކުރުމުގައި އިސްކޮށް މަސައްކަތްކުރުމާއި، ސިޔާސަތުތަކާއި ޕްލޭންތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމާއި، ގަވާއިދުން މުރާޖަޢާކޮށް އިސްލާޙުކުރުން.
- ރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކުގެ ތެރެއިން މިނިސްޓްރީއާ ގުޅުންހުރި މުޢާހަދާތަކާބެހޭ ރިޕޯޓު ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި ހުށަހެޅުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތަކުގައި ކަމާގުޅޭ ދާއިރާތަކާއެކު މަސައްކަތްކުރުން.
- އިޖްތިމާޢީ ޚިދުމަތްދޭ ތަންތަނަށް ހުއްދަދިނުމާއި ހުއްދަ ބާޠިލްކުރުމާއި، ފިޔަވަޅުއަޅަންޖެހޭ ތަންތަނާމެދު ފިޔަވަޅުއެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް، އޮފީހުން ހަވާލުކުރާ އެންހައި މަސައްކަތެއް ކުރުން.
- ދާއިރާގެ އެކިއެކި ސިޔާސަތުތަކާއި ބެހޭގޮތުން ކެބިނެޓަށް، މިނިސްޓްރީގެ ފަރާތުންހުށަހަޅަންޖެހޭ ކަރުދާސްތައް މިނިސްޓްރީގެ ޑިވިޝަންތަކާއި ގުޅިގެން އެކުލަވާލުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އެ މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކޮށް ހުށަހެޅުން.
- ދާއިރާގެ އެކިއެކި ސިޔާސަތުތަކާއި ބެހޭގޮތުން ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ތައްޔާރުކޮށް ހުށަހެޅުން.
- ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ލަނޑިދަނޑިތަކުގެ ތެރެއިން ދާއިރާއާ ގުޅުންހުރި ކަންކަން ހާސިލުވެފައިވާ މިންވަރު ބަލައި މޮނިޓަރކުރުމާއި، އެ މަޢުލޫމާތު ގަވާއިދުން ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- އަންހެނުންނާއި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ބަލައި ދިރާސާ ކުރުމާއި، އެ މީހުންގެ ޙާލަތު ދެނަގަތުމަށް ދިރާސާތައް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
- ޕޮލިސީ ޕްލޭނިންގ ޑިވިޜަނުގެ ދަށުން ހިނގާ ސެކްޝަންތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމާއި، ޑިވިޜަންގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ޕޮލިސީ ޕްލޭނިންގ ޑިވިޝަންގެ މަސައްކަތްތައް އެހެން ސެކްޝަންތަކާ ވިލަރެސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިސްކޮށް ބެލެހެއްޓުމާއ، މިނިސްޓްރީ ތަމްސީލުކުރުމުގެ ގޮތުން އެކިއެކި ބައްދަލުންތަކުގައި ބައިވެރިވުން.
- ދާއިރާއާ ގުޅުންހުރި އެންމެހައި މަސައްކަތްތަކުގެ ތަފާސްހިސާބުތައް ގަވާއިދުން އެއްކޮށް ބެލެހެއްޓުމާއި، އެ ތަފާސްހިސާބުތަކުގެ އަލީގައި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި އިދާރާތަކުގެ ސިޔާސަތުތައް މުރާޖައާކުރުމާއި، ތަފާސްހިސާބު ހޯދުމަށް އެދޭ ފަރާތްތަކަށް އެ މަޢުލޫމާތުތައް ފޯރުކޮށްދިނުން.
- ދާއިރާއާ ގުޅުންހުރި ޑޯނަރ އެޖެންސީތަކާއި ގުޅިގެން މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި އިދާރާތަކަށް ބޭނުންވާ އެހީތައް ދެނެގަނެ، އެހީ ހޯދުމާއި، ލިބޭ އެހީ ބޭނުންކުރެވޭނެ ގޮތްތައް ކަނޑައަޅައި، ޑޯނަރ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި، މޮނިޓަރކޮށް ބެލެހެއްޓުން.
|
ޢިނާޔަތްތައް
|
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭވަރުގެ ސާފު ކޮޕީ
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާގެ ދާއިރާއާގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
- ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން
|
ސުންގަޑި
|
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ސެޕްޓެންބަރު 19 ވާ ހޯމަ ދުވަހު 13:30 އެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ ސެޕްޓެންބަރު މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.
ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3027525/ 3027529 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް http://mlg.gov.mv އިން ލިބެން ހުންނާނެއެވެ.
|