މަސައްކަތް
ނަންބަރު: GNAH:(I)(I)AP/2016/14
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:14
ސުންގަޑި: 19 ސެޕްޓެންބަރު 2016 10:00
ޏ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޏ. އަތޮޅު ހޮސްޕިޓަލުގެ ޢިމާރާތާއި، ގޯތިތެރެ ފޮޅައި ސާފުކޮށް، ވަށައިގެންވާ މަގުތަކުގެ ކުނިނަގައި ވިނަނޮޅައި ސާފުކުރުމުގެ މަސައްކަތުގެ ބީލަމުގެ ދަޢުވަތު

އިޢުލާން

ޏ. އަތޮޅު ހޮސްޕިޓަލުގެ ޢިމާރާތާއި، ގޯތިތެރެ ފޮޅައި ސާފުކޮށް، ވަށައިގެންވާ މަގުތަކުގެ ކުނިނަގައި ވިނަނޮޅައި ސާފުކުރުމުގެ މަސައްކަތުގެ ބީލަމުގެ ދަޢުވަތު:

މި ހޮސްޕިޓަލުގެ ނަންބަރު GN.AH(I)(I)AP/P/2016/11 (12 ޖޫން 2016) ގެ އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތުގެ މައްސަލަތަކެއް ހުރުމުގެ ސަބަބުން އެ އިޢުލާން ކެންސަލްކޮށް އަލުން އިޢުލާން ކުރަމެވެ. މި ހޮސްޕިޓަލުގެ ޢިމާރާތާއި ގޯތިތެރެ އަދި ވަށައިގެންވާ މަގުތަކުން އަމިއްލަ ތަކެތީގައި ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.  

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 19 ވާ ހޯމަ ދުވަހުގެ 10:00 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތްތަކުން އަންދާސީހިސާބާއި، މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވާނަމަ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވެވުން އެދެމެވެ. 

29 ޛުލްޤަޢިދާ 1437

01 ސެޕްޓެންބަރު 2016