މަސައްކަތް
ނަންބަރު: FNP/320/2016/5-320
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:18
ސުންގަޑި: 08 ސެޕްޓެންބަރު 2016 13:15
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްސުލްޠާން މުޙައްމަދު މުޢީނުއްދީން މިސްކިތުގެ ސީލިންގ މަރާމާތުކުރުމާބެހޭ

އިޢުލާން

މަސްޖިދުއްސުލްޠާން މުޙައްމަދު މުޢީނުއްދީން މިސްކިތުގެ ސީލިންގ މަރާމާތުކުރުމާބެހޭ

މިރަށު މަސްޖިދުއްސުލްޠާން މުޙައްމަދު މުޢީނުއްދީން މިސްކިތުގެ ސީލިންގ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް މާޅޮސްމަޑުލު ދެނުކުބުރީ އޭދަފުށީ ކައުންސިލުގެ އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

ޕްރޮޕޯޒަލް ހުށަހެޅުއްވުން

2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:15 އަށް

2016 ސެޕްޓެންބަރު 18 ވާ އާދީއްތަދުވަހުގެ 13:15 އަށް

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެއެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ އެމީހަކާބެހޭ ފުރިހަމަ މަޢުލޫމާތު އެނގޭފަދަ ލިޔުމަކާއެކުގައެވެ. ކުންފުންޏަކުންނަމަ، އެމީހަކީ އެކުންފުނީގެ ފަރާތުން ފޮނުވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، އީމެއިލް އަދި ފެކްސްގެ ޛަރީޢާއިން ފޮނުވާ އަންދާސީހިސާބުތައް ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

2 ޛުލްޙިއްޖާ 1437

04 ސެޕްޓެންބަރު 2016