ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)10-C/1/2016/68
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:30
ސުންގަޑި: 21 ސެޕްޓެންބަރު 2016 13:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު: ސީނިއަރ ޕްރޮޖެކްޓް އޮފިސަރ

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:

އެމް.އެސް 2

ބޭނުންވާ އަދަދު:

1

މުސާރަ: މަހަކު -/6,295 ރުފިޔާ      

  ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ

ޢިނާޔަތް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން/ ޔުނިޓް / ތަން

މިނިސްޓްރީ އޮފް ހޯމްއެފެއާޒް / ޕަރސަނަލް އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް/ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް/ މާލެ

އަސާސީ ޝަރުޠު:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް  ހާސިލުކޮށްފައިވުން. ނުވަތަ،
  4. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. މުވައްޒަފުންގެ "ކެރިއަރ ޕާތު" ކަނޑައެޅުމަށް ކެރިއަރ ޑިވެލޮޕްމަންޓް ޕެލޭނެއް ތައްޔާރުކޮށް ބެލެހެއްޓުން.
  2. މިނިސްޓްރީގެ ލަނޑުދަނޑިތަކާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، ހުރި އުނިކަންތަކާއި، ވަކިވަކި މުވައްޒަފުންގެ ބޭނުންތައް ދެނެގަނެ މިނިސްޓްރީއަށް ބޭނުންވާ ތަމްރީނުތަކުގެ ދިރާސާއެއް ހެދުން (ޓްރެއިނިންގ ނީޑް އެނަލިސިސް).
  3. އޮފީހާ ގުޅުން ހުރި ދާއިރާތަކުން މުވައްޒަފުންގެ ކުރިމަގު ކަނޑައަޅައި އެކަމުގައި މަގުފަހިކޮށްދިނުން.
  4. މުވައްޒަފުން ބޭނުންވާ ތަމްރީންތަކުގެ ފުރުސަތު އެ ފަރާތްތަކަށް ހޯދައިދިނުމަށް އެންމެހައި މަސައްކަތްތައް ކުރުން.
  5. މިނިސްޓްރީގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންތައް ދެނެގަނެ ޓްރެއިނިންގ ޕްލޭނެއް ތައްޔާރުކޮށް ބެލެހެއްޓުން.
  6. ރާއްޖެއާއި، ރާއްޖޭން ބޭރުން މިނިސްޓްރީގެ މުވައްޒަފުންނަށް ތަމްރީނު ފުރުޞަތު ހޯދައި ދިނުން.
  7. އެކި ކަހަލަ ވަސީލަތްތައް ބޭނުންކޮށްގެން މިނިސްޓްރީގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް އެކުލަވައިލުން.
  8. ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓުގެ ވޯރކް ޕްލޭން ތައްޔާރުކުރުން.
  9. ޔުނިޓުގެ ބަޖެޓް ތައްޔާރުކުރުން.
  10. ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ލިޔެކިޔުމެއް ތައްޔާރުކުރުމަށް ޔުނިޓުގެ ވެރިޔަކު އެދިއްޖެ ހާލަތެއްގައި އެ މަސައްކަތްކުރުން.
  11. ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓުގައި މުވައްޒަފަކު ނެތް ހާލަތެއްގައި ސެންޝަނުގެ ވެރިޔަކު ވިދާޅުވާގޮތެއްގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތްކުރުން.
  12. ސެކްޝަންގެ އެހެން މުވައްޒަފުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދިނުން.
  13. މީގެ އިތުރުން މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން.

މަޤާމު: އިންސްޕެކްޝަން އޮފިސަރ

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:

އެމް.އެސް 2

ބޭނުންވާ އަދަދު:

1

މުސާރަ: މަހަކު -/6,295 ރުފިޔާ      

  ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ

ޢިނާޔަތް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން/ ޔުނިޓް / ތަން

މިނިސްޓްރީ އޮފް ހޯމްއެފެއާޒް / އައި.ސީ.އެސް.އެސް.ޔޫ ޔުނިޓް/ މާލެ

އަސާސީ ޝަރުޠު:

  1. އިންސްޕެކްޝަން، އިންވެސްޓިގޭޝަން އެންޑް އެންފޯސްމަންޓް ސަރވިސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންސްޕެކްޝަން، އިންވެސްޓިގޭޝަން އެންޑް އެންފޯސްމަންޓް ސަރވިސްގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އިންސްޕެކްޝަން، އިންވެސްޓިގޭޝަން އެންޑް އެންފޯސްމަންޓް ސަރވިސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންސްޕެކްޝަން، އިންވެސްޓިގޭޝަން އެންޑް އެންފޯސްމަންޓް ސަރވިސްގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. އިންސްޕެކްޝަން/ އިންވެސްޓިގޭޝަން އެންޑް އެންފޯސްމަންޓް ސަރވިސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  4. އިންސްޕެކްޝަން، އިންވެސްޓިގޭޝަން އެންޑް އެންފޯސްމަންޓް ސަރވިސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ޖަލުތަކާއި ޑިޓެންޝަން ސެންޓަރުތައް އަދި ފުލުހުންގެ ކަސްޓޯޑިއަލް މަރުކަޒުތަކަށް ޒިޔާރަތްކުރުން.
  2. ފުލުހުންގެ ކަސްޓޯޑިއަލް މަރުކަޒުތަކަށް ޒިޔާރަތް ކުރަންޖެހޭ ގޮތުގެ އެނުއަލް ވިޒިޓިންގ ޝެޑިއުލް އިންސްޕެކްޓަރުގެ އަދި އިންސްޕެކްޝަން ޓީމުގެ މަޝްވަރާގެ މަތިން ރޭވުން.
  3. ކަސްޓޯޑިއަލް ސެންޓަރުތަކުގެ މަސައްކަތްތައް ހިނގަމުންދާގޮތް ހޯދައި، މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރުން.
  4. ކަސްޓޯޑިއަލް އިންސްޕެކްޝަން ރިޕޯޓުތައް ތައްޔާރުކުރުން.
  5. އިންސްޕެކްޓް ކުރެވޭ ތަންތަނުގެ ރިޕޯޓު މިނިސްޓަރަށް ހުށަހަޅައި، ކަމާބެހޭ އިދާރާތަކަށް ރިޕޯޓު ހުށަހެޅުން.
  6. ރިޕޯޓު ތައްޔާރުކޮށް ހޯދިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަމާބެހޭ އިދާރާތަކުގެ ބޭފުޅުންނާއި ބައްދަލުވުންތައް ބާއްވައި، އެފަރާތްތަކާއެކު މަޝްވަރާކުރުން.
  7. އިންސްޕެކްޝަން ރިޕޯޓުތަކުގައި ދެވިފައިވާ އިރުޝާދާ އެއްގޮތަށް ކަސްޓޯޑިއަލް ޖަލުތަކަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ މަސައްކަތްތައް ކަމާބެހޭ އިދާރާތަކުން ކުރިއަށް ގެންދިއުމަށް ބާރުއަޅައި، މަސައްކަތްތައް ނިންމުމަށް ތާރީޚެއް ކަނޑައެޅުން.
  8. އިންސްޕެކްޝަން ރިޕޯޓުގައި ފާހަގަކުރެވިފައިވާ މައްސަލަތައް އިސްލާޙު ކުރެވެމުންދާ މިންވަރު ބެލުމަށްފަހު، ހާލަތާ ގުޅޭ މަޢުލޫމާތު އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުން.
  9. އޮފީހުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުތަކުގެ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމު: އެސިސްޓެންޓް ޑިރެކްޓަރ

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް:

އެމް.އެސް 3

ބޭނުންވާ އަދަދު:

1

މުސާރަ: މަހަކު -/7,035 ރުފިޔާ      

  ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ

ޢިނާޔަތް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން/ ފަންކްޝަން/ޔުނިޓް / ތަން

މިނިސްޓްރީ އޮފް ހޯމްއެފެއާޒް / އައި.ސީ.އެސް.އެސް.ޔޫ ޔުނިޓް/ މާލެ

އަސާސީ ޝަރުޠު:

  1. ސޯޝަލް ވަރކް/ މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން/ ޤާނޫނީ ރޮނގުން/ ޤާނޫނާއި ޝަރީޢާގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޯޝަލް ވަރކް/ މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން/ ޤާނޫނީ ރޮނގުން/ ޤާނޫނާއި ޝަރީޢާގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ސޯޝަލް ވަރކް/ މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން/ ޤާނޫނީ ރޮނގުން/ ޤާނޫނާއި ޝަރީޢާގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޯޝަލް ވަރކް/ މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން/ ޤާނޫނީ ރޮނގުން/ ޤާނޫނާއި ޝަރީޢާގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. ސޯޝަލް ވަރކް/ މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން/ ޤާނޫނީ ރޮނގުން/ ޤާނޫނާއި ޝަރީޢާގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޯޝަލް ވަރކް/ މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން/ ޤާނޫނީ ރޮނގުން/ ޤާނޫނާއި ޝަރީޢާގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  4. ސޯޝަލް ވަރކް/ މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން/ ޤާނޫނީ ރޮނގުން/ ޤާނޫނާއި ޝަރީޢާގެ މަސައްކަތާ ގުޅޭ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  5. ސޯޝަލް ވަރކް/ މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން/ ޤާނޫނީ ރޮނގުން/ ޤާނޫނާއި ޝަރީޢާގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސަސް އަންގަވާ ގޮތުގެމަތިން މަސައްކަތްތައް ރާވައި ހިންގުން.
  2. ޔުނިޓަށް ބޭނުންވާ ފަންނީ އަދި ޒަމާނީ ބަދަލުތައް ގެނައުމާއި، އެ މަސައްކަތް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުން.
  3. ޔުނިޓުގެ މުވައްޒަފުންގެ ކުރިއެރުމަށް ބޭނުންވާ ތަމްރީނުގެ ފުރުޞަތުތަކާއި، ތަޖުރިބާގެ ދަތުރުތައް އިންސްޕެކްޓަރުގެ ލަފައާއެކު ހޯދައިދިނުމުގެ މަސައްކަތް ކުރުން.
  4. ޔުނިޓުގެ އިދާރީ، ފައިނޭންސް، ޤާނޫނީ އަދި އިންސްޕެކްޝަންތަކުގެ މަސައްކަތްތައް ކުރަމުންދާ ގޮތް ބަލައި، އެ މަސައްކަތް ތަރައްޤީކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުން.
  5. އިންސްޕެކްޓް ކުރުމުގައި ބޭނުންކުރާ ޒަމާނީ އުސޫލުތައް ހޯދައި ބަލައި އެގޮތްތައް ތަޢާރަފުކުރުމުގެ މަސައްކަތް ކުރުމާއި، މަސައްކަތްތައް އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުން.
  6. މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމަށްޓަކައި، ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރުމާއި، މުވައްޒަފުންގެ ކަންތައްތައް އޯވަރސީކޮށް ބެލެހެއްޓުން.

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް 3

ބޭނުންވާ އަދަދު:

1

މުސާރަ: މަހަކު -/4،465 ރުފިޔާ

  ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

ޢިނާޔަތް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން/ ޔުނިޓް / ތަން

މިނިސްޓްރީ އޮފް ހޯމްއެފެއާޒް / ޕަރސަނަލް އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ސެކްޝަން/ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓް/ މާލެ

އަސާސީ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ވަޒީފާތަކަށް އަލަށް ވަންނަ މުވައްޒަފުންނަށް ސިވިލް ސަރވިސްގެ ގަވާއިދުތަކާއި އުސޫލުތަކަށް އަދި މައިގަނޑު މަސައްކަތްތަކާއި މާޙައުލަށް އަހުލުވެރިކޮށްދިނުމުގެ ގޮތުން ވަޒީފާއަށް އަހުލުވެރިކުރުމުގެ ޕްރޮރާމުތަކުގައި މުވައްޒަފުން ބައިވެރިކުރުމުގެ މަސައްކަތްކުރުމާއި، އިދާރީ އެންމެހައި މަސައްކަތްތައް ކުރުމާއި، ރިކޯޑު ބެލެހެއްޓުމާއި، ލިޔެކިޔުންތައް ފައިލުކޮށް ބެލެހެއްޓުން.
  2. މުވައްޒަފުންނަށް ބޭނުންވާ މަސައްކަތުގެ ހުނަރުތައް އެ މަސައްކަތެއް ކުރުމުގެ ތެރެއިން ފޯރުކޮށްދިނުމަށް ވަޒީފާގެ ތެރެއިން ދެވޭ ތަމްރީނު ޕްރޮގްރާމުތަކުގައި މުވައްޒަފުން ބައިވެރިކުރުމުގެ މަސައްކަތްކުރުމާއި، އިދާރީ އެންމެހައި މަސައްކަތްތައް ކުރުމާއި، ރިކޯޑު ބެލެހެއްޓުމާއި، ލިޔެކިޔުންތައް ފައިލުކޮށް ބެލެހެއްޓުން.
  3. އިދާރާއަށް ބޭނުންވާ ތަމްރީނުތަކުގެ ދިރާސާއަށް ބަލައި މިނިސްޓްރީއާއި ޖޭޖޭޔޫގެ މުވައްޒަފުންނަށް، ވަޒީފާ އަދާކުރުމުގެ ބޭރުން ދެވޭ ތަމްރީނުތައް، ވަސީލަތްތައް ހުރި މިންވަރަކުން ހަމަޖެއްސުމުގެ މަސައްކަތްކުރުމާއި، މުވައްޒަފުން ބައިވެރިކުރުމުގެ މަސައްކަތްކުރުމާއި، ބައިވެރިކުރެވޭ މުވައްޒަފުންގެ ރިކޯޑުތައް ބެލެހެއްޓުން. އަދި ކުރު މުއްދަތާއި، ދިގު މުއްދަތުގެ ކޯސްތަކަށް ރާއްޖެއިން ބޭރަށް މިނިސްޓްރީގެ ފަރާތުން ފޮނުވާފައިވާ މުވައްޒަފުންގެ ކޯހާބެހޭ އެންމެހައި މަޢުލޫމާތުތައް ބެލެހެއްޓުމާއި، އަދި މިފަދަ ކޯސްތަކަށް އަލަށް ފޮނުވާ ފަރާތްތަކުގެ މަޢުލޫމާތު ބެލެހެއްޓުން.
  4. ޓްރެއިނިންގ ޕެނަލުން ނިންމަވާ ނިންމެވުންތަކާ ގުޅިގެން / ކުރަން ނިންމަވާ ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  5. ޔުނިޓުގެ އެކްޝަން ޕްލޭން ތައްޔާރުކުރުމާއި، އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ޔުނިޓުގެ އަހަރީ ރިޕޯޓު ތައްޔާރުކުން.
  6. ޔުނިޓުގެ ދުވަހުގެ ޔައުމިއްޔާ ލިޔުމާއި، ޔުނިޓަށް އަންނަ ސިޓީ/ މެމޯ/ ނޯޓުތަކަށް ސެކްޝަނުގެ ވެރިޔަކު ވިދާޅުވާގޮތުގެ މަތިން ޖަވާބު ފޮނުވުން.
  7. ޔުނިޓުގެ ޕްރޮސީޖަރ މެނުއަލް ތައްޔާރުކުރުމާއި، އަޕްޑޭޓްކޮށް ބެލެހެއްޓުން. 
  8. ޓްރެއިނިންގއާ ގުޅުންހުރި ދިރާސާ ޕޭޕަރު ހެދުމަށްޓަކައި މަޢުލޫމާތު ފޯރުކޮށްދިނުމާއި، ޔުނިޓަށް ބޭނުންވާ ލިޔެކިޔުމެއް ތައްޔާރުކުރުމަށް ޔުނިޓުގެ ވެރިޔަކު އެދިއްޖެ ހާލަތެއްގައި އެ މަސައްކަތްކުރުން.
  9. ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓުގައި މުވައްޒަފަކު ނެތް ހާލަތެއްގައި ސެންޝަނުގެ ވެރިޔަކު ވިދާޅުވާގޮތެއްގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތްކުރުން.
  10. ސެކްޝަންގެ އެހެން މުވައްޒަފުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދިނުން.

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް 3

ބޭނުންވާ އަދަދު:

1

މުސާރަ: މަހަކު -/4،465 ރުފިޔާ

  ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

ޢިނާޔަތް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން/ ޔުނިޓް / ތަން

މިނިސްޓްރީ އޮފް ހޯމްއެފެއާޒް / އެޓޮލްސް އެފެއާޒް ސެކްޝަން/ ރިސޯސަސް އެންޑް ޑިވެލޮޕްމަންޓް ޔުނިޓް / މާލެ

އަސާސީ ޝަރުޠު:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕްރޮޖެކްޓް މެނޭޖްމަންޓްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. އަތޮޅުގެތައް ސްޓޭޓް ގެސްޓް ހައުސްގެ ގޮތުގައި ހިންގުމުގައި މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ އިދާރީ ލިޔެކިއުމުގެ ކަންތައް ކުރުން.
  2. ސްޓޭޓް ގެސްޓް ހައުސްތަކުގެ ޙާލަތު ބަލައި މޮނިޓަރ ކުރުން.
  3. ކޮންމެ އަތޮޅެއްގެ ސްޓޭޓް ގެސްޓް ހައުސް (އަތޮޅުގެ) ހިނގަމުންދާގޮތުގެ ރިޕޯޓު މަހަކު އެއްފަހަރު ނެގުމަށްފަހު ހުރިހާ ސްޓޭޓް ގެސްޓް ހައުސްތަކުގެ ހާލަތު އެނގޭގޮތަށް ކޮންމެ 6 މަހަކުން އެއްފަހަރު ކުރު ރިޕޯޓެއް ތައްޔާރުކުރުން.
  4. ރަށްވެހި ޚިދުމަތްތަކުގެ ވަސީލަތްތައް ޤާއިމުކުރުމަށްޓަކައި މަރުކަޒީ ފެންވަރުގައި މެދުވެރިއެއްގެ ދައުރު އަދާކުރުން.
  5. ރަށްރަށުގައި ޤާއިމުކޮށްފައިވާ ރަށްވެހި ތަރައްޤީއާގުޅޭ މުހިއްމު ވަސީލަތްތަކުގެ ހާލަތު ބަލައި އެކަމުގެ މަޢުލޫމާތު ޑޭޓާބޭހަށް އެންޓަރކުރުން.
  6. އަތޮޅުތައް ހިންގުމަށްޓަކައި ދައުލަތުން ޤާއިމުކޮށްފައިވާ މަރުކަޒީ އޮފީސްތަކާއި އަތޮޅުގެތަކާއި، ރަށްވެހިގެތައް ފަދަ އިމާރާތްތައް ބެލެހެއްޓުމާއި ބޭނުންކުރުމުގެ އުސޫލުތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިކޮށް އެކަށައެޅުން.
  7. މިނިސްޓްރީން އަތޮޅުތަކުގައި ހިންގާ އިމާރާތާއި މަރާމާތުގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ކުރެހުމާއި ޓެކްނިކަލް އިންސްޕެކްޝަން ހެދުމާއި ބީ.އޯ.ކިޔު ތައްޔާރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިވެދިނުން.
  8. އާންމު ޚިދުމަތްތަކުގެ ތެރެއިން ކަށުކަމާކެމީގެ ޚިދުމަތާއި، ރުއްގަސްތައް ބެލެހެއްޓުމާއި، ރަށުތެރެ ސާފުކުރުން ފަދަ ޚިދުމަތްތައް ރަށު ކައުންސިލުތަކުން ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް ކައުންސިލްގެ އިދާރާތަކާއި، ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް އެހީތެރިވުމުގައި ސަރުކާރުގެ ފަރާތުން މަރުކަޒީ ފެންވަރުގައި މިނިސްޓްރީން އަދާކުރާ މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި އެހީތެރިވެދިނުން.
  9. ސެކްޝަން މުވައްޒަފަކު ނެތް ހާލަތެއްގައި ވެރިން ވިދާޅުވާ ގޮތެއްގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތްކުރުން.
  10. މީގެ އިތުރުން މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން

އިންޓަރވިއުއާއި ޕްރެކްޓިކަލްސްއާއި އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:

މި މަޤާމުތަކަށް މީހަކު ހޮވުމަށް ދެވޭ ޕްރެކްޓިކަލް، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2016 ސެޕްޓެންބަރު 29 ވަނަ ދުވަހާއި 2016 އޮކްޓޫބަރު 25 ވަނަ ދުވަހާ ދެމެދުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒު (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި.

އިތުރު މަޢުލޫމާތު:

  • މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • ސީނިއަރ ޕްރޮޖެކްޓް އޮފިސަރުގެ މަޤާމާއި އިންސްޕެކްޝަންސް އޮފިސަރުގެ މަޤާމު އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ދެ މަޤާމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ އަސާސީ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރެކްޓިކަލް / އިމްތިޙާނު ކަރުދާހެއް ދެވޭނެއެވެ. އަދި މަސައްކަތު ތިން ދުވަސް ކުރިން، ޕްރެކްޓިކަލްއަށް ހާޒިރުވުމަށް ދަންނަވާ ސްލިޕް އެ ފަރާތްތަކުގެ އީމެއިލް އެޑްރެހަށް މެއިލް ކުރެވޭނެއެވެ.
  • އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމަށް  އެދިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ އަސާސީ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ޕްރެޒެންޓޭޝަންގައި ހިމަނަންޖެހޭ ބައިތައް އިންޓަރވިއުއަށް ދެންނެވުމުގެ މަސައްކަތު ތިން ދުވަސް ކުރިން އެ ފަރާތްތަކުގެ އީމެއިލް އެޑްރެހަށް މެއިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • ޕްރެކްޓިކަލް އަދި އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލުތަކާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3313325 ނަންބަރު ފޯނަށް، ނުވަތަ 3323820 ނަންބަރު ފޯނަށެވެ.

ހުށަހަޅަން ޖެހޭ ތަކެތި:

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، މި މިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް، އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

 6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 ސެޕްޓެންބަރު 21 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް.

05 ސެޕްޓެންބަރު 2016