ދިވެހިރާއްޖެ
މި ސްކޫލުގެ ލެބް އެސިސްޓެންޓުގެ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު: GS-148/IUL/2016/15 (21 ޖޫން 2016) އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މަޤާމު: ލެބޯޓްރީ އެސިސްޓެންޓް
މަޤާމުގެ ރޭންކް: ޖީ އެސް 4
ކްލެސިފިކޭޝަން: އ. ޓެކްނިކަލް އޮފިސަރ ގްރޭޑް 2
މުސާރަ: މަހަކު -/5020 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ
ވަޒީފާ އަދާކުރަންޖެހޭ ތަން: އއ. ހިމަންދޫ ސްކޫލް
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: B ސެކްޝަން
ބޭނުންވާ އަދަދު: 1
ގިންތި: ދާއިމީ
ދާއިރާ: ސައިންސް ސްޓްރީމް ހަދާފައި ހުރުން / ލެބޯޓްރީއާ ގުޅޭ ކޯސްތައް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ލެބޯޓްރީ އިންވެންޓްރީ ބެލެހެއްޓުން
- ލެބޯޓްރީއަށް ބޭނުންވާ ކެމިކަލްތައް ހޯދުން
- ލެބޯޓްރީގެ ތެރޭގައި ހުންނަ ސާމާނު ރައްކާކޮށް ބެލެހެއްޓުން
- ޓީޗަރުންނަށް އެކްސްޕެރިމަންޓަށް ތަކެތި ތައްޔާރުކޮށްދިނުން އަދި އެހީތެރިވުން
- ރިކޯޑު ބެލެހެއްޓުން
- ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
ޝަރުޠު:
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ނުވަތަ
2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ނުވަތަ
3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ތަޢުލީމާއި ތަމްރީނަށް ލިބިފައިވާ މިންވަރު
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
- މަސައްކަތު ހުނަރާއި ފެންވަރާއި ޤާބިލިއްޔަތުކަން
އިންޓަރވިއު ކުރުން
ތަން: ހިމަންދޫ ސްކޫލް
ތާރީޚު: އިންޓަރވިއު ބާއްވާނެ ގަޑިއާއި ތާރީޚު 1 ދުވަސް ކުރިން އަންގާނެއެވެ.
އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ހިމަންދޫ ސްކޫލް އިން ލިބިވަޑައިގަންނަވާނެއެވެ.)
ށ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް (އަސްލާ އެއްގޮތައް ތައްގަނޑު ޖަހާފައިވާ)
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) (އަސްލާ އެއްގޮތައް ތައްގަނޑު ޖަހާފައިވާ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތައް ތައްގަނޑު ޖަހާފައިވާ)
ބ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ޅ- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ ''މުވައްޒަފުންގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، މުވައްޒަފުގެ ހާޒިރީ ރިޕޯޓު'' ހުށަހަޅަން ޖެހޭނެއެވެ. މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުންކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ މި ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
ޝަރުޠު ހަމަވާ މީހުން 2016 ސެޕްޓެންބަރު 19 ވާ ހޯމަދުވަހުގެ ހެނދުނު 10:00 ގެ ކުރިން މަތީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު އއ. ހިމަންދޫ ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ހިމަންދޫ ސްކޫލުގެ ނަންބަރު 6660842 ފޯނަށް ގުޅުއްވުން އެދެމެވެ.