ވަޒީފާގެ ފުރުޞަތު
ނަންބަރު: 246/2016/29
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 20 ސެޕްޓެންބަރު 2016 13:00
ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

މަޤާމު:

                       ޕްލޭނިންގ އޮފިސަރ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކުލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮގަނައިޒޭޝަން ޔުނިޓް:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

މަޤާމުގެ މުސާރަ:

-/5،610 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

-/2،000 ރުފިޔާ (މަހަކު)

އެހެނިހެން ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސް ގަވާއިދުގައިވާގޮތުގެ މަތީން ބަންދުދުވަހާއި އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް ލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވަލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ / ހއ. މޮޅަދޫ

މަޤާމުގެ މަސްއޫލިއްޔަތު:

  1. ސެކްޝަނުން ލިޔަންޖެހޭ، ސިޓީ، ރިޕޯޓް ފަދަ ތަކެތި ތައްޔާރުކުރުން.
  2. ބިންބިމާއި ގޯތި ގެދޮރުގެ ރެކޯޑު ބެލެއްހެއްޓުމާއި ރަޖިސްޓަރީ ހައްދަން ހުށަހަޅާ ފަރާތްތަކަށް ގަވާއިދާ އެއްގޮތަށް ރަޖިސްޓަރީ ތައްޔާރުކުރުން
  3. ގަވާއިދުގެ މަތިން ރަށުގައި އުފަންވާ މީހުންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި، ރަށުގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، އުފަންދުވަހުގެ ރަޖިސްޓަރީއާއި، އުފަންދުވަހުގެ ސެޓުފިކެޓާއި، ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދިނުމާއި، ވިހާ މަރުވާ ބެލެހެއްޓުން.
  4. ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި އެއްގަމުގައި ދުއްވާ އުޅަނދު ފަހަރާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ރަށު ކައުންސިލާ އެއިރަކު ހަވާލުކުރާ އެންމެހައި މަސައްކަތްތައް.
  5. ރަށުގެ ވިޔަފާރިތަކާބެހޭ މަޢުލޫމާތު ބެލެހެއްޓުމާއި، ވިޔަފާރި ރަޖިސްޓަރީކޮށްދިނުމާއި، ބާޠިލުކުރުން ފަދަ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން.
  6. މިސްކިތްތަކާއި މިސްކިތްތަކުގެ މުވައްޒަފުންގެ އެންމެހައި ކަންތައްތައް ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.
  7. ރަށުގެ ތަރައްޤީގެ ހާލަތާ ބެހޭ ދިރާސާތައްކޮށް، ހިންގަން ފެންނަ މަޝްރޫޢުތަކާ ބެހޭ ޕްރޮގްރާމުތައް ރޭވުން.
  8. ތަރައްޤީގެ މަސައްކަތްތައް އިޢުލާނުކުރުމާއި، އިވެލުއޭޓުކުރުމުގެ މަސައްކަތްތައް ގަވާއިދާ އެއްގޮތަށް ހިންގުމާ ތަރައްޤީއަށްޓަކައި ހިންގޭ މަޝްރޫޢުތަކާ ބެހޭ ޕްރޮގްރާމުތައް އިވެލުއޭޓްކުރުން.
  9. ކައުންސިލުގެ ލަފާގެމަތިން، ރަށުން ބިންދޫކުރުމަށް ނަގަންޖެހޭ ހުއްދަތައް ނެގުމާއި، ރަށުގެ ލޭންޑްޔޫސް ޕްލޭން ތައްޔާރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެތަކެތި ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، ކައުންސިލުގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތީން ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައްކުރުން. އަދި އިދާރާގައި އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  10. ތަރައްޤީގެ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އޮފީސްތަކުން ގެންގުޅޭ ސިޔާސަތުތަކާބެހޭ މަޢުލޫމާތު ހޯދައި، އެ މަޢުލޫމާތުތަކާ އެއްގޮތަށް ތަރައްޤީގެ ޕްލޭންނަށް ބަދަލު ގެނައުމަށް ކައުންސިލަށް ލަފާދިނުމާއި، ވެރިންގެ ލަފާގެ މަތިން ބަދަލު ގެނައުން.
  11. ރަށުގެ ތިމާވެށި ޙިމާޔަތްކުރުމާއި، ތިމާވެށްޓާ ރަޙުމަތްތެރި ރައްޔިތުންތަކެއް އުފެއްދުމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ހޯދުމާއި، ހޭލުންތެރިކުރުމަށް ހިންގޭ ޕްރޮގްރާމްތަކުގައި އެހީތެރިވެދީ ބައިވެރިވުން.
  12. ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތުތައް ހޯދުމުގައި އެހީތެރިވެދީ އެ މަސައްކަތުގައި ބައިވެރިވުން.
  13. ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކާ އެއްގޮތްވާގޮތުގެ މަތިން ޕްލޭންތައް ރޭވުން.
  14. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމުގައި ކައުންސިލުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގުން.
  15. ރަށުގެ ތަފާސްހިސާބާ ބެހޭ މަސައްކަތްތައް ރާވައި ހިންގުން.
  16. ކަނޑައެޅިފައިވާ ގަވާއިދުތަކާ ޚިލާފުނުވާ ގޮތެއްގެ މަތިން ރުއްގަސް އިންދުމާއި، ކެނޑުމުގެ ހުއްދަދިނުމާއި، ރުއްގަހުގެ ރަޖިސްޓަރީއާއި، ރެކޯޑު ބެލެއްޓުމާއި، ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ މަޢުލޫމާތުތައް ފޮނުވުން.
  17. އިދާރާގައި ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 ސެޕްޓެންބަރު 20 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލުގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައިފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ  ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީނު.

މަސައްކަތުގެ ތަޖުރިބާ.

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން.

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2016 ސެޕްޓެންބަރު 21 އާއި 2016 އޮކްޓޫބަރު 16 އާ ދެމެދު ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލުގެ އިދާރާގައި ނުވަތަ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާގައި، ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. (ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަށް އިންޓަރވިއު އޮންނަ ތާރީޚާއި ގަޑި ލިޔުމުން އެންގޭނެ)

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މި އިދާރާގެ 6500031 ނަންބަރު ފޯނާއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޛުލްޤަޢިދާ 1437

01 ސެޕްޓެންބަރު 2016