ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2016/133
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 20 ސެޕްޓެންބަރު 2016 13:30
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑެންޓަލް އެސިސްޓެންޓުގެ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ހޯދުމަށް

މަޤާމް :ޑެންޓަލް އެސިސްޓެންޓް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު   

މި ހޮސްޕިޓަލުގެ ތިރީގައިމިވާ މަޤާމުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނޭ ފަރާތެއް ބޭނުންވެއެވެ. މި މަޤާމުގައި މަސައްކަތް ކުރުމަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު ފަރާތެކެވެ.

މަޤާމު

ޑެންޓަލް އެސިސްޓެންޓް (ކޮންޓްރެކްޓް އުސޫލުން)

ބޭނުންވާ އަދަދު:

1 (އެކެއް)

މުއްދަތު: 6 (މަސްދުވަސް)

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

ރިހިބިލިޓޭޝަން އެންޑް ޑައިގްނޯސްޓިކް ޑިޕާޓްމަންޓް

ޑެންޓަލް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ބަލިމީހުން ބައްލަވައި ފަރުވާދެއްވަން ތިއްބަވާ ޑެންޓަލްސާރޖަންސް، ޑެންޓަލް ސްޕެޝަލިސްޓުންނާއި ހައިޖީނިސްޓުން އަދި ޓެކްނީޝަނުން ކުރައްވާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  2. ޑިޕާޓްމަންޓުގައި ބޭނުންކުރެވޭ ކޮންސިއުމަބަލްސް ފަދަ ތަކެތި އިސްރާފު ނުވާނޭގޮތް ބަލައިގެން ބޭނުންކުރުން.
  3. ޑިއުޓީއަށް ލެވިފައިވާ ކޮޓަރިއަށް އެޑިއުޓީގައި އަންނަ ހުރިހާ ފޯންކޯލްތަކަށް ޒިންމާދާރު ގޮތެއްގައި ޖަވާބުދާރީވުން.
  4. "ޑޮކްޓަރ" ޕޭޝަންޓް ރިލޭޝަންޝިޕް" އާއި ޕޭޝަންޓް ކޮންފިޑެންޝަލިޓީއަށް އިޙުތިރާމްކުރުން.
  5. ޑެންޓަލް އެޕޮއިންޓްމަންޓް ހެދުމާއި، މެމޯ ދޫކުރުމާއި، ފަރުވާއަށްފަހު ފައިސާ ބަލައިގަތުން.

ތަޢުލީމާއި ތަޖުރިބާ:

 

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މި މަޤާމަށް އެންމެ ޤާބިލު ފަރާތްތައް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ވަޒީފާއަށް އެދޭ ފޯމު ބަލައިގަތުމާއި ދޫކުރުން:

ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:30 އަށް މި ހޮސްޕިޓަލުގެ އައު އިމާރާތުގެ 11 ވަނަ ފަންގިފިލާއިން

ހުށަހަޅަންޖެހޭ ލިޔުންތައްް:

 

 

 

  1. ވަޒީފާއަށް އެދޭ ފޯމު
  2. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތައުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މި ލިޔުންތަކަކީ ދިވެހިރާއްޖޭގެ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތަކުން ދީފައިވާ ލިޔުންތަކަށްވާނަމަ، އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ހަދާފައިވާ ކޯހެއްނަމަ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިނާޔަތްތައް:

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި:

2016 ސެޕްޓެންބަރު 20 ވާ އަންގާރަދުވަހުގެ 13:30 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

އަދި 2016 ސެޕްޓެންބަރު 20 ވާ އަންގާރަދުވަހުގެ 13:30ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234 ، 3335343 އެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި

29 ޛުލްޤަޢިދާ 1437

01 ސެޕްޓެންބަރު 2016