ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީއިން ކުރެވުނު އިޢުލާން ނަންބަރު (IUL)138-PISI/138/2016/98 ގައިވާ މަސައްކަތަށް އެކަށީގެންވާ މިންވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
މި މިނިސްޓްރީއިން ހިންގާ އެކިއެކި މަޝްރޫޢުތައް އިފްތިތާޙުކުރުމަށްޓަކައި ބާއްވާ ރަސްމިއްޔާތަށް ބޭނުންވާ 3D މޮޑެލްތައް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތްކުރުމަށް ހޮވޭ ފަރާތާ އެގްރީމެންޓް ކުރެވޭނީ 1 އަހަރުދުވަހުގެ މުއްދަތަށެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާބެހޭ މަޢުލޫމާތުތައް މި މިނިސްޓްރީގެ ވެބްސައިޓް (www.housing.gov.mv/v1) ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އިންޖިނިއަރިންގ ސެކްޝަން
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004125 ފެކްސް:3004301
އީ-މެއިލް: [email protected]