ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2016/83
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 21 ސެޕްޓެންބަރު 2016 14:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

ލީގަލް އޮފިސަރ

ރޭންކް:

އޭ. ޖީ. އެލް 3

ކްލެސިފިކޭޝަން:

ލީގަލް އޮފިސަރ ގްރޭޑް 2

ސެކްޝަން

އެމްޕްލޮއީ ރިލޭޝަންސް

މުސާރަ:

މަހަކު -/8910 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2500 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 50/3118 ރުފިޔާ (އަސާސީ މުސާރައިގެ 35%)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

 

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު، ޤާނޫނާ ގަވާއިދާ ޚިލާފުކަމެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތު ކުރެވިގެން އެފަދަ މައްސަލައެއް އެއޮފީހެއްގެ ޒިންމާދާރު އިސްވެރިޔާއަށް ހުށަހަޅައި، އެ މުވައްޒަފަކު ހިތްހަމަޖެހޭ ނަތީޖާ ހާސިލުނުވެގެން، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި ރިޕޯޓުތައް ބަލައި ދިރާސާކޮށް، ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  2. ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  3. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޤާނޫނީ ލަފާ ބޭނުންވާ ހިނދެއްގައި ޤާނޫނީ ލަފާދިނުން.
  4. މުވައްޒަފާ ހަވާލުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުގައި ވަކިގޮތަކަށް އަމަލުކުރުމަށް ކަނޑައެޅިފައިނުވާ މައްސަލަތަކާއި، ސީދާ ކޮމިޝަނަށް ހުށަހަޅައިގެން ނިންމަންޖެހޭ އެންމެހައި މައްސަލަތަކުގައި މުވައްޒަފު ހުށަހަޅާ ހައްލުތަކަށް ގޮތެއް ނިންމުމަށް ކޮމިޝަނަށް ހުށަހެޅުން.
  5. ހަވާލުކުރެވިފައިވާ ދާއިރާތަކުގެ މުވައްޒަފުން ހުށަހަޅާ މައްސަލަތައް، އެދާއިރާއެއްގެ ޕަރމަނަންޓް ސެކްރެޓަރީ މައްސަލަ ބެލުމަށްފަހު މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބު ދިނުމަށް ޕަރމަނަންޓް ސެކްރެޓަރީއަށް ސިޓީ ފޮނުވުމާއި، ހަވާލުވެފައިވާ ދާއިރާތަކުގެ މުވައްޒަފުން އިލްތިމާސްކުރުމަށް ހުށަހަޅާ މައްސަލަތައް ބަލައި ފިޔަވަޅު އެޅުން.
  6. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް އެކުލަވައިލަންޖެހޭ ޑްރާފްޓްތައް އެކުލަވައިލުމާއި، އެކަމާގުޅޭ އެންމެހައި މަސްއޫލިއްޔަތެއް އަދާކުރުން.
  7. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާއި، އަދި އެނޫންވެސް ޤާނޫނެއް ނުވަތަ ގަވާއިދެއްގައި ކޮމިޝަނުގެ މަޤުޞަދު ހާސިލުކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
  8. ކޮމިޝަނުގެ ފަރާތުން ކުރަންޖެހޭ ދަޢުވާކުރުމާއި، ދައުވާ ބަލައިގަތުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  9. ޝަރުޢީ ކޯޓްތަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  10. ކޮމިޝަނުގެ އަދި ސެކްޝަނުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 ސެޕްޓެންބަރު 21 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގޭ 12 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޢުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދެ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  

  1. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)

ނޯޓު: ޕްރެޒެންޓޭޝަންގައި ދެވޭ ސިނާރިއޯތަކަކަށް ޤާނޫނީގޮތުން ބަލައި، ހުށަހެޅުމެއް ހުށަހަޅަން ޖެހޭނެއެވެ.)

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2016 ސެޕްޓެންބަރު 22 އާއި 2016 ސެޕްޓެންބަރު 29 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

 

            2 ޛުލްޙިއްޖާ 1437

04 ސެޕްޓެންބަރު 2016