ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2016/47
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 18 ސެޕްޓެންބަރު 2016 13:30
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސޯޝިއަލްމީޑިއާ އެންޑް އައި.ޓީ އެގްޒެކެޓިވް

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  ސޯޝިއަލްމީޑިއާ އެންޑް އައި.ޓީ އެގްޒެކެޓިވް

މުސާރަ: މަހަކު -/6,600 ރުފިޔާ

އެލަވަންސް: މަހަކު -/4,400 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ އައި.ޓީ އެންޑް ރިސާޗް ސެކްޝަން 

ބޭނުންވާ އަދަދު: 1

ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސޯޝިއަލްމީޑިއާ / އައި.ޓީ ދާއިރާގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ކޯޕަރޭޝަނުގެ އައި.ޓީ އެންޑް ރިސާޗް ސެކްޝަނުގެ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ ދަށުން ކުރިއަށް ގެންދިއުން.

- ކޯޕަރޭޝަނުގެ ސޯޝަލް ނެޓްވާކް ޕްރޮފައިލްތައް ބެލެހެއްޓުމާއި އެ ޕްރޮފައިލްތަކަށް ޒިޔާރަތްކުރާ މީހުންގެ މަޢުލޫމާތު ރިޕޯޓްކޮށް ބެލެހެއްޓުން.

- ކޯޕަރޭޝަނުގެ ތަފާތު އިވެންޓްތަކުގެ ފޮޓޯއާއި ވީޑިއޯއާއި މަޢުލޫމާތު ވެބްސައިޓަށާއި ސޯޝަލް ނެޓްވަރކަށް ދުވަހުން ދުވަހަށް އަޕްލޯޑް ކުރުން.

- ކޯޕަރޭޝަނުގެ ވެބްސައިޓުގައި ހިމެނޭ މަޢުލޫމާތު ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ކޯޕަރޭޝަނުގެ ވެބްސައިޓް، އަދި އީމެއިލް ޑޭޓާ ބޭސް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ކޯޕަރޭޝަނުގެ އައި.ޓީ ގެ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ ދަށުން ކުރުން.

- ކޯޕަރޭޝަނުގެ ވެބްސައިޓުގައި ހިމެނޭ މަޢުލޫމާތަކީ ޞައްޙަ އަދި އެންމެ ފަހުގެ މަޢުލޫމާތުކަން ޔަގީންކޮށް އެ މަޢުލޫމާތު އަޕްޑޭޓްކުރުން.

- ކޯޕަރޭޝަނުގެ އެކިއެކި އިވެންޓްތަކާއި އެކި ކަންކަމަށް ބޭނުންވާ ތަކެތި ޑިޒައިންކޮށް ގްރެފިކްސްގެ މަސައްކަތް ކުރަންޖެހިއްޖެ ހިނދެއްގައި އެ މަސައްކަތްތައް ކުރުން.

- މި ކޯޕަރޭޝަންގެ ފަރާތުން ރާވައި ހިންގާ އެކިއެކި އިވެންޓްތަކުގައި ހަރަކާތްތެރިވުމާއި، ކޯޕަރޭޝަނުން އަންގާ އެންމެހައި އެންގުންތަކަށް ޤާނޫނާއި ގަވާއިދުގެ ތެރެއިން ފުރިހަމައަށް އެއްބާރުލުންދިނުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން:  2016 ސެޕްޓެންބަރު 18 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ވެލާނާގޭ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

 ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މި ބައިގައި މާކްސް ދެވޭނީ އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކަށެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މި ބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ.)

 އިތުރު މަޢުލޫމާތު:

  • މި މަޤާމަށް މީހުން ހޮވުމުގައި ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މި މަޤާމަށް މީހުން ހޮވުމުގައި ދިވެހިބަހާއި އިނގިރޭސިބަހުގެ އިތުރުން، އެހެން ބަސްތަކުން ލިޔަންކިޔަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނަށެވެ.
  • މި މަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 5 ފަރާތަކާއެވެ. އަދި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.

 ސިޓީ އެޑްރެސް ކުރައްވާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

2 ޛުލްޙިއްޖާ 1437

04 ސެޕްޓެންބަރު 2016