ވަޒީފާގެ ފުރުޞަތު
ނަންބަރު: GS80/IUL/2016/19
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:22
ސުންގަޑި: 18 ސެޕްޓެންބަރު 2016 14:00
އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ހެލްތު އޮފިސަރ

އިޢުލާން
ވަޒީފާގެ ފުރުޞަތު:

މަޤާމް:

ހެލްތު އޮފިސަރ

މަޤާމުގެ ރޭންކް:

އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް/އިދާރާ/ސެކްޝަން:

އެކަޑަމިކް ސެކްޝަން / އުލިގަމު ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހއ. އުލިގަމު ސްކޫލް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މުސާރަ:

-/5610 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ (މަހަކު)

މަޤާމުގެ ޝަރުޠު:

1- ޞިއްޙީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- ޞިއްޙީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3- ޞިއްޙީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވަލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  1. ދަރިވަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ޞިއްޙީ ޕްރޮގްރާމްތައް ރާވައި ހިންގުން.
  2. ދަރިވަރުންގެ ހެލްތު ޗެކަޕް ޕްރޮގްރާމް ރާވައި ހިންގުން.
  3. ހެލްތުރޫމް ބެލެހެއްޓުން.
  4. ހެލްތުރޫމުން ފަސްޓްއެއިޑުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  5. ސްކޫލުގެ ޢިމާރާތްތަކާއި ގޯތިތެރެއާއި ފާޚާނާތަކުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ޗެކްކުރުން.
  6. ޞިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާއި ބައްދަލުކޮށް އެހީތެރިވެދިނުން.
  7. ދަރިވަރުންނަށް ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުން.
  8. ކުރިއަށް އޮތް އަހަރަށް ސްކޫލް ހެލްތު ޕްރޮގްރާމް ހިންގާނެގޮތުގެ ތާވަލު ތައްޔާރުކޮށް އެޑިޔުކޭޝަން މިނިސްޓްރީއަށް ފޮނުވުން.
  9. ސްކޫލުން ހިންގާ ޙަރަކާތްތަކުގައި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ފަސްޓްއެއިޑުގެ ޚިދުމަތް ލިބޭނޭ އިންތިޒާމު ހަމަޖައްސައި، ފޯރުކޮށްދިނުން.
  10. ސްކޫލުގައި ދިމާވާ ކުއްލި ޞިއްޙީ ހާލަތްތަކުގައި، ފަރުވާދޭންޖެހޭ ފަރާތަށް، ޞިއްޙީ ޚިދުމަތް ދޭ މަރުކަޒަކަށް ގެންދެވެންދެން ދޭންޖެހޭ އެހީތެރިކަންދިނުމާއި، ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  11. ދަރިވަރުންނަށް ދެވޭ ފަނީބޭހާއި، ވިޓަމިން އޭ ކެޕްސޫލް ގަވާއިދުން ދިނުމާއެކު، އެކަމާ ގުޅޭ ރެކޯޑުތައް ހަދައި ބެލެހެއްޓުމާއި، ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  12. ސްކޫލުގައި ދިމާވާ ޞިއްޙީ މައްސަލަތަކުގެ ރެކޯޑުތައް ހަދައި ބެލެހެއްޓުން.
  13. ސްކޫލުގައި ހިންގޭ ޞިއްޙީ ޕްރޮގްރާމްތަކުގެ ރިޕޯޓުތަކާއި ރެކޯޑުތައް ހަދައި ބެލެހެއްޓުމާއެކު، އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ މިފަދަ ރިޕޯޓުތައް ފޮނުވުން.
  14. ކޮންމެ އަހަރެއް ނިމުމުން އެ އަހަރު ސްކޫލުގައި ހިންގުނު ޞިއްޙީ ޕްރޮގްރާމްތަކުގެ ރިޕޯޓު ހެދުން.

އުޖޫރައާއި ޢިނާޔަތް

- އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

- ސިވިލް ސަރވީސްގެ މުވައްޒަފުންނާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތީން ވަޒީފާއާއި މުސާރައިގެ ކުރިއެރުން.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ވަޒީފާއަށް މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

-  ލިބިފައިވާ ތަޢުލީމާއި ތަމްރީނު: %49

-  ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ: %8

-  ލިބިފައިވާ ހުނަރާއި އިންޓަރވިއުއަށް ލިބޭ މާކްސް: %43

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ޝޯޓްލިސްޓު ކުރުން

  • މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ އިތުރުނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅަންވީގޮތް

  • 2016 ސެޕްޓެންބަރު 18 ވާ އާދީއްތަދުވަހުގެ 14:00
  • ވަޒީފާއަށް އެދިލައްވާނީ ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތަކާއެކު މި ސްކޫލަށް ހުށަހަޅައިގެންނެވެ. ފެކުހާއި އީމެއިލް މެދުވެރިކޮށްވެސް ވަޒީފާއަށް އެދި ހުށަހެޅޭނެއެވެ. ފެކްސް ކުރާނަމަ، ކުރައްވާނީ މި ސްކޫލުގެ ނަންބަރު 6500548 އަށެވެ. އީމެއިލް ކުރާނަމަ، ކުރައްވާނީ [email protected] އަށެވެ.
  • ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ސަރުކާރު ބަންދު ނޫން ދުވަސްދުވަހުގެ ރަސްމީގަޑީގައި މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

އިންޓަރވިއުކުރާ ތަނާއި ތާރީޚާއި ގަޑި

  • މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު އޮންނާނީ 2016 ސެޕްޓެންބަރު 19 އާ 25 އާ ދެމެދު މި ސްކޫލުގައެވެ.

އިތުރު މަޢުލޫމާތު

  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6500548 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. ނުވަތަ މި ސްކޫލުގެ [email protected] މެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެދެމެވެ.
31 އޮގަސްޓް 2016