ކުއްޔަށް ދިނުން
ނަންބަރު: (IUL)348-EM/348/2016/70
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:59
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިކަމުގެ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި ބިން ކުއްޔަށްދިނުން

އިޢުލާން

އަރިއަތޮޅު ދެކުނުބުރީ އޮމަދޫގެ އުތުރުފަރާތުގެ ބަނދަރު ސަރަޙައްދުގައިވާ، ސަރަޙައްދުގެ ޗާޓު ނަންބަރު 4 ގައި އޮތް، 1583 އަކަފޫޓުގެ ބިން، މަސްވެރިކަމުގެ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި ކުއްޔަށް ދިނުމަށް ގަސްދުކޮށްފީމެވެ. އެގޮތުން އެ ބިން ކުއްޔަށް ދިނުމަށްޓަކައި ހެދިފައިވާ މަޢުލޫމާތުކަރުދާސް ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. މަޢުލޫމާތުކަރުދާހުގެ އަގަކީ -/1،000 (އެއްހާސް) ރުފިޔާއެވެ.

މި ބިމަށް ހުށަހެޅޭނެ އެންމެ ކުޑައަގަކީ އަކަފޫޓަކަށް 07/- (ހަތެއް) ލާރިއެވެ. މި އުސޫލުން އެ ބިމުގެ ޖުމްލަ އަގަކީ، 110/81ރ (ސަތޭކަ ދިހަ ރުފިޔާ އަށްޑިހަ އެއްލާރި) އެވެ.

ވީމާ، މި ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ކައުންސިލުގެ އިދާރާއިން ދޫކުރާ ނަމޫނާއާ އެއްގޮތަށް ސިޓީ ހުށަހަޅަމުން ގެންދެވުން އެދެމެވެ. ހުށަހަޅާ ސިޓީގައި ތިރީގައި މިދަންނަވާ މަޢުލޫމާތުތައް ފުރިހަމަވާންވާނެއެވެ. އަދި ސިޓީއާއެކު މަޢުލޫމާތުކަރުދާސް ގަތުމަށް ފައިސާ ދެއްކި ރަސީދުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

1. ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް: (ކުންފުންޏަކުން ހުށަހަޅާނަމަ އެ ކުންފުންޏެއްގެ ނަމާއި އެޑްރެސް)

2. ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: (ކުންފުންޏަކުންނަމަ، ރަޖިސްޓަރީ ނަންބަރު)

3. ހުށަހަޅާ އަގު: (އަކަފޫޓަކަށް ބަލައިގެން)

4. ބިމުގެ ނަންބަރާއި މިން: (އަކަފޫޓުން)

ހުށަހަޅާ ސިޓީތަކުގައި، މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާނަމަ، އެ ސިޓީތައް ބާޠިލުކުރެވޭނެއެވެ.

ބިން ކުއްޔަށް ހިފުމަށްޓަކައި ސިޓީ ހުށަހަޅައިގެން އެ ބިމެއް އެފަރާތަކަށް ލިބުމުން އެގުރީމެންޓްގައި ސޮއިނުކޮށްފިނަމަ، އެކަމުން ކައުންސިލުގެ އިދާރާއަށާއި ރައްޔިތުންނަށް ލިބޭ މާލީ ގެއްލުމުގެ ބަދަލުގައި -/500ރ (ފަސްސަތޭކަ) ރުފިޔާއާއި -/5000ރ (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެފަރާތެއް ޖޫރިމަނާކުރެވޭނެއެވެ. އަދި އެފަރާތަކަށް އދ. އޮމަދޫގެ އެހެން ބިމެއް ކުއްޔަށް ހިފުމަށް ކުރިމަތިލެވޭނީ އެ ފައިސާ ކައުންސިލުގެ އިދާރާއަށް ދެއްކުމަށްފަހު، ފައިސާ ދެއްކި ރަސީދުގެ ކޮޕީއާއެކުގައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.  

30 އޮގަސްޓް 2016