މަސައްކަތް
ނަންބަރު: GS120/2016/IU/20
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި: 08 ސެޕްޓެންބަރު 2016 10:00
ރަސްމާދޫ ސްކޫލް
ދިވެހިރާއްޖެ
ކަރަންޓް 3 ފޭހަށް ބަދަލުކުރުން

އިޢުލާން

ސްކޫލުގެ ކަރަންޓު، 3 ފޭހަށް ބަދަލުކުރުން

މި ސްކޫލުގެ ކަރަންޓު، 3 ފޭހަށް ބަދަލުކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމައި، އަންދާސީހިސާބު ހުށަހެޅުން ތިރީގައިވާ ތާވަލާ އެއްގޮތަށް އޮންނާނެއެވެ މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުން އެކަން އެނގޭނެފަދަ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށައެޅުން

2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 10:00 ގައި

2016 ސެޕްޓެންބަރު 26 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން

ރަސްމާދޫ ސްކޫލުގެ ލައިބްރަރީގައި

ރަސްމާދޫ ސްކޫލުގެ ލައިބްރަރީގައި

3 ޛުލްޙިއްޖާ 1437

05 ސެޕްޓެންބަރު 2016