ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)448/1/2016/48
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 17:08
ސުންގަޑި: 18 ސެޕްޓެންބަރު 2016 13:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ބީކަން ލައިޓް ހޯދުމާބެހޭ

އިޢުލާން

ބީކަން ލައިޓް ހޯދުމާބެހޭ

ހަނިމާދޫ އަދި ފުވައްމުލަކު އެއަރޕޯޓަށް ބޭނުންވާ 8 ބީކަން ލައިޓް (500W, 120V, PAR56) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 18 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:
  1. އަގު:    60 މާކްސް (އެންމެ ކުޑަ އަގު / ހުށަހެޅި އަގު × 60)
  2. މުއްދަތު:  30 މާކްސް (އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 30) ތަކެތި ސަޕްލައިކުރުމަށް ހުށަހަޅުއްވާ މުއްދަތު ބަންދުދުވަސްތައް ހިމަނައިގެން "ދުވަހުން"
  3. ތަޖުރިބާ:  10 މާކްސް (ތަޖުރިބާ، މީގެ ކުރިން މިފަދަ ތަކެތި ސަރުކާރުގެ އިދާރާތަކަށް ސަޕްލައިކޮށްދީފައިވާ ލިޔުންތަކަށް ބެލުމަށްފަހުއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ލިޔުމަކަށް ލިބޭނީ 5 މާކްސް އެވެ. އެންމެ ގިނަވެގެން ލިބޭނީ 10 މާކްސް އެވެ. އަދި އެ ލިޔުންތަކުގައި އެ ފަރާތުގެ ތައްގަނޑާއި ސޮއި އޮންނަންވާނެއެވެ.)

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 7900989 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

02 ޛުލްޙިއްޖާ 1437

04 ސެޕްޓެންބަރު 2016