މަސައްކަތް
ނަންބަރު: (IUL)311/311/2016/63
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 06 ސެޕްޓެންބަރު 2016 12:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްސަލާމުގެ ގޯތި ތެރޭގައިހުރި ގަބުރުކަށިތައް ކޮނެ ނަގައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ވާރޭފެން ނަގާ ނިޒާމު ޤާއިމުކުރާ ބިމުގައިހުރި ގަބުރުކަށިތައް ނަގައިދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، މި ރަށުގައި ވާރޭފެން ނަގައި ރައްކާކުރާ ނިޒާމު ޤާއިމު ކުރުމަށް ހަމަޖެހިފައިވާ މަސްޖިދުއްސަލާމުގެ ގޯތިތެރޭގައިހުރި ގަބުރުކަށިތައް ކޮނެ ނަގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ މެންދުރު 12:00 ގައި މިއިދާރާގައެވެ. އަދި އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:00 ގައި މި އިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6580072 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016