ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)447-PR/1/2016/54
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:01
ސުންގަޑި: 08 ސެޕްޓެންބަރު 2016 00:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕީ.ވީ.ސީ (ލޯޕްރެޝަރ) ހޮޅި ގަންނަން

މި މިނިސްޓްރީގެ ޕަބްލިކް ވަރކްސް ސަރވިސަސްއަށް 200 އެމް.އެމް ޑައިމީޓަރގެ 2000 ނޯމަލް ޕީ.ވީ.ސީ (ލޯޕްރެޝަރ) ހޮޅި (BS EN 1401-1 1988 އަށް އެޕްލައި ކުރެވޭ) ގަންނަން ބޭނުންވެއެވެ.

ހުށަހަޅަންވީ ތަކެތި:

ހ- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓާއި، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ)

ށ- މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މި ބާވަތުގެ މަސައްކަތްތަކާ ގުޅޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމިކަމުގެ ލިޔުން.)

އަންދާސީހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފުސީލު

ހ- އަގު: 70 ޕޮއިންޓް

ށ- މަސައްކަތު ތަޖުރިބާ: 10 ޕޮއިންޓް

   މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

ނ- ޑެލިވަރީ މުއްދަތު = 20 ޕޮއިންޓް

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕަބްލިކް ވަރކްސް ސަރވިސަސް                                                                 

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ    

ޢިއްޒުއްދީނުމަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ބިޑު ހުޅުވުން:

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި ޕަބްލިކް ވަރކްސް ސަރވިސަސްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް ޕަބްލިކް ވަރކްސް ސަރވިސަސްގެ ނަންބަރު 3020853 ފޯނަށް ގުޅުއްވުން އެދެމެވެ.

30 ޛުލްޤަޢިދާ 1437

02 ސެޕްޓެންބަރު 2016