ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)331/331/2016/30
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 16:11
ސުންގަޑި: 07 ސެޕްޓެންބަރު 2016 13:30
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ ކުލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

އޮފީސް/ އިދާރާ:

ކޯޕަރޭޓިވް އެފެއާޒް، މާލެއަތޮޅު ގާފަރު ކައުންސިލުގެ އިދާރާ

ސެކްޝަން:

-

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެއަތޮޅު ގާފަރު ކައުންސިލުގެ އިދާރާ، ކ. ގާފަރު

މުސާރަ:

މަހަކު -/7،035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

 

  

މަޤާމުގެ ޝަރުޠުތައް:

 

 

 

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ރަށު ކައުންސިލުގެ އިދާރާގެ އިދާރީ ހިންގުމާބެހޭ ކަންތައްތައް ބެލެހެއްޓުން.

2. ރަށުގެ ކަންތައްތަކާއި ރަށު ކައުންސިލުގެ އިދާރާގެ ކަންތައްތައް ބެލެހެއްޓުމުގައި ސިވިލް ސަރވިސް ކޮމިޝަނާއި، އަތޮޅު ކައިންސިލުގެ އިދާރާއާއި، މިނިސްޓްރީތަކާއި، ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުން އަންގަވާ އެންގެވުންތަކަށް ޤާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުން.

3. މުވައްޒަފުންނާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

4. ސިޓީ / މެސެޖް ފަދަ ލިޔެކިޔުންތައް ތައްޔާރުކުރުމަށް ކަމާބެހޭ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.

5. އޮފީހުން ތައްޔާރުކުރަންޖެހޭ ތަފާތު ރަޖިސްޓަރީތަކާއި ހުއްދަތައް ތައްޔާރުކުރުމުގައި މުވައްޒަފުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.

6. ދުވަހު ޔައުމިއްޔާއާއި، މުހިންމު ކަންތައްތަކުގެ ޔައުމިއްޔާ ލިޔުމަށް ބޭނުންވާ މަޢުލޫމާތު މުވައްޒަފުންނަށް ފޯރުކޮށްދިނުން.

7. ތައްޔާރުކުރަންޖެހޭ އެންމެހައި ރިޕޯޓުތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު މުވައްޒަފުންނަށް ފޯރުކޮށްދިނުމާއި، އެފަދަ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާކަން ކަށަވަރުކުރުން.

8. ކައުންސިލުގެ އިދާރާގެ ބަޖެޓާއި، ފައިސާއާބެހޭ ހުރިހާ ކަމެއް ބެލެހެއްޓުން.

9. ކައުންސިލުގެ އިދާރާއަށް ހުޅަހެޅޭ ޝަކުވާއާބެހޭ ހުރިހާ ކަމެއް ބެލެހެއްޓުން.

10. ކައުންސިލުގެ އިދާރާގެ ތިޖޫރީ ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން. އަދި މޮނިޓަރކުރުން.

11. ސަރުކާރުގެ އޮފީސްތަކުން އެދޭ ތަފާތު މަޢުލޫމާތުތައް ފަސޭހަކަމާއެކު ވީހާއަވަހަކަށް ދެވޭނޭ ގޮތުގެމަތިން ރަށާބެހޭ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.

12. ކައުންސިލުގެ އިދާރާގެ އިންވެންޓްރީއާއި، ކައުންސިލުގެ އިދާރާގެ ބެލުމުގެ ދަށުގައިވާ އެންމެހައި ތަންތަނުގެ އިންވެންޓްރީ ބެލެހެއްޓުމުގެ މަސައްކަތް ކުރުން އަދި މުވައްޒަފުން ލައްވައި ކުރުވުން.

13. ކައުންސިލުގެ އިދާރާގެ ސްޓޮކް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސައި މޮނީޓަރކޮށް ބެލެހެއްޓުން.

14. ކައުންސިލުގެ އިދާރާގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނާއި، ކައުންސިލުގެ އިދާރާގެ ބެލެހެއްޓުމުގެދަށުން ހިނގަމުންދާ އެހެނިހެން ދާއިރާތަކުގެ މުވައްޒަފުންނާއި، ކަނޑައެޅިފައިވާ ގޮތުގެމަތިން މަސައްކަތް ހަވާލުކޮށް މުވައްޒަފުން މަސައްކަތްކުރަމުންދާގޮތް ބަލަހައްޓާ މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުވައި މަސައްކަތަށް ޝައުޤުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދިއުން.

15. ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި އެ މުވައްޒަފަކު ކުރަމުންދިޔަ މަސައްކަތް ވަގުތީގޮތުން އެހެން މުވައްޒަފުންނާ ހަވާލުކޮށްގެން ކުރުވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއިން)

- ލިބިފައިވާ މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމުގެ ސިފަތައް (ތެދުވެރިކަމާއި، ރަނގަޅަށް މުޢާމަލާތްކުރުމުގެ ހުނަރާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމާއި ކުރުވުމުގެ ހުނަރާއި، ސުލޫކީ މިންގަނޑުތައް)

 

އިންޓަރވިއު ބާއްވާނެ ތަނާއި ތާރީޚު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައި، މާލެއަތޮޅު އަތޮޅު ކައުންސިލުގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުމަށް ދަންނަވަމެވެ. ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކަށް، އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި ލިޔުމަކުން އެންގޭނެއެވެ.)

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، "ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު 2016 ސެޕްޓެމްބަރ 07 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ ލިޔުންތައް، ގާފަރު ކައުންސިލުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. އަދި މި ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރައާއި އިތުރުގަޑީގެ ފައިސާ.

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކު)

3. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ހިމެނޭ ލިޔުންތައް ފެންނަގޮތަށް އަދި އެ ލިޔުންތައް ކިޔަން އެނގޭގޮތަށް ނަގާފައިވާ ކޮޕީއެއް:

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

* ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޓަކުން ލިބިފައިވާ ސެޓުފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ:

7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ  (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަޤާމުގެ ޝަރުޠާއި، ރޭންކާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ އެތަނެއްގެ ތައްގަނޑު ޖެހި ރަސްމީ ލިޔުން)

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ، މި އިދާރާގެ 6641941 ނަންބަރު  ފޯނަށެވެ. ފެކްސް ނަންބަރަކީ، 6641941 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

21 ޛުލްޤަޢިދާ  1437

24 އޮގަސްޓް 2016