ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއިން ހުސްވެފައިވާ ލޯންޗް ޑްރައިވަރކަމުގެ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމު: |
ލޯންޗް ޑްރައިވަރ |
ރޭންކް: |
އެސް. އެސް 3 |
ކްލެސިފިކޭޝަން |
ސަޕޯޓް ސްޓާފް ގްރޭޑް 3 |
އޮފީސް / އިދާރާ |
މާލެއަތޮޅު އަތޮޅުކައުންސިލުގެ އިދާރާ |
ސެކްޝަން |
އެޓޯލް ޑިވެލޮޕްމަންޓް ސަރވިސް ސެކްޝަން |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މާލެއަތޮޅު އަތޮޅުކައުންސިލުގެ އިދާރާ |
މުސާރަ: |
މަހަކު -/3875 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު -/1000 ރުފިޔާ |
ބޭނުންވާ އަދަދު: |
1 |
ގިންތި: |
ދާއިމީ |
މަޤާމުގެ ޝަރުޠުތައް:
|
1- ސްޕީޑްލޯންޗްފަހަރު ދުއްވުމުގެ ލައިސަންސް އޮތުމާއި ލިޔަންކިޔަން ދަތުމާއެކު، މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސްއެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- ސްޕީޑްލޯންޗްފަހަރު ދުއްވުމުގެ ލައިސަންސް އޮތުމާއި ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 1 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ތަޢުލީމާއި ތަމްރީނު %38 މަސައްކަތުގެ ތަޖުރިބާ % 14 މަސައްކަތުގެ ހުނަރާއި ފެންވަރު އަދި ޤާބިލުކަން %48 |
އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު: |
މި މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެޓިކަލްސް އޮންނާނީ 2016 ސެޕްޓެންބަރު 20 ވާ އަންގާރަދުވަހުގެ 21:00 ގައި މާލެއަތޮޅު އަތޮޅުކައުންސިލުގެ އިދާރާގައެވެ. ގަޑިއާއި ތާރީޚަށް ބަދަލެއް އަންނަނަމަ އެކަމަށް ކުރިމަތިލައްވާ ފަރާތްތަކަށް އަންގާނެކަމުގައި ދަންނަވަމެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 1 ވަނަ ދުވަހުން ފެށިގެން 2016 ސެޕްޓެންބަރު 8 ވަނަ ދުވަހުގެ 13:00 ގެ ކުރިން މާލެއަތޮޅު އަތޮޅުކައުންސިލުގެ އިދާރާއަށް. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ މި އިދާރާއިންނެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ. 4. ހ. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) ށ. ސިވިލް ސަރވިސް ޓްރޭނިންގ އިސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) 5. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 7. ސްޕީޑް ލޯންޗުފަހަރު (ކަނޑު އުޅަނދުފަހަރު) ދުއްވުމުގެ ލައިސަންސުގެ ކޮޕީ. 8. ވަނަވަރު (ސީވީ) |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ (6644234) ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ (6640032) އެވެ. އީ މެއިލް ކުރައްވާނީ ([email protected]) އަށެވެ،
26 ޛުލްޤަޢިދާ 1437