މަސައްކަތް
ނަންބަރު: KS-B/2016/17
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި: 04 ސެޕްޓެންބަރު 2016 11:00
ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
ހޯލް ސްޓޭޖް ފަރުދާ ބަދަލުކުރުމަށް ބޭނުންވެއްޖެ

އިޢުލާން

މި ސްކޫލު ހޯލްގެ ސްޓޭޖް ފަރުދާ ބަދަލުކުރުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: KS-B/2016/16 އިޢުލާނަށް އެކަށީގެންވާ އިޖާބަ ނުލިބުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށްފީމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 4 ވަނަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 6 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.

29 ޛުލްޤަޢިދާ 1437

01 ސެޕްޓެންބަރު 2016