ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)H4C-G/2016/05
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 19 ސެޕްޓެންބަރު 2016 13:00
މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓު އޮފިސަރ

 މަޤާމު:

 ކޯޓު އޮފިސަރ

 ބޭނުންވާ އަދަދު:

 1 (އެކެއް)

 މަޤާމުގެ ރޭންކް:

 ޖީ.އެސް 3

 މަޤާމުގެ ކުލެސިފިކޭޝަން:

 އޮފިސަރ ގްރޭޑް 1

 މަޤާމުގެ ގިންތި:

 ދާއިމީ

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓްކޯޓު

 މުސާރަ:

 މަހަކު -/4465 ރުފިޔާ

 ލިބޭ އެލަވަންސް:

  • ސަރވިސް އެލަވަންސް މަހަކު -/1500 ރުފިޔާ
  • ލިވިންގ އެލަވަންސް: މަހަކު -/2550 ރުފިޔާ
  • ޖުޑިޝަލް އެލަވަންސް: މުސާރައިގެ %20 އަށްވާ ފައިސާ
  • އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޝަރީޢަތުގެ މަޖިލިސްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  2. ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހުންގެ އަމުރުގެ ކަންތައްތަކާބެހޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.
  3. ކޯޓަށް ހުށަހެޅޭ މައްސަލަތައް އިސްމެޖިސްޓްރޭޓް ނުވަތަ ކޯޓު ހިންގެވުމާ ހަވާލުވެހުންނެވި މެޖިސްޓްރޭޓް ނުވަތަ ލީގަލް އޮފިސަރ އަންގަވާ ގޮތެއްގެ މަތިން ޤަޟިއްޔާކޮށް ފައިލް ތައްޔާރުކުރުން.
  4. މައްސަލަތަކާ ގުޅިގެން މެޖިސްޓްރޭޓް ތައްޔާރުކުރައްވާ ބަޔާންތައް ލިޔެ ބަޔާންތަކުގައި ސޮއިކުރުވުމަށްފަހު ފައިލަށް ލުން.
  5. ޝަރުޢީ މައްސަލަތަކާ ގުޅިގެން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ / މެސެޖު ފަދަ ލިޔުންތައް ފޮނުވުމުގެ މަސައްކަތްކުރުން.
  6. މައްސަލަތައް ނިމުމުން މައްސަލަތައް ފައިލްކުރުން.
  7. ޖަވާބު ހޯދަންޖެހޭ މައްސަލަތަކުގައި ކަމާބެހޭ ފަރާތްތަކަށް ގުޅުން.
  8. އެގްރީމަންޓް ރަޖިސްޓަރީކުރުމާބެހޭ އިދާރީ މަސައްކަތްކުރުން
  9. ކުށުގެ ރެކޯޑު ލިޔެ ބެލެހެއްޓުމާއެކު ކުށުގެ ރެކޯޑު ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  10. އެހެން މަސްއޫލިއްޔަތުތަކަށް ދަތިނުވާ ގޮތުގެމަތިން ކޯޓުގެ މުވައްޒަފުންނަށް އެހީތެރިވުމާއި، ކަނޑައެޅޭ އުސޫލެއްގެ މަތިން ހަމަޖެހިގެން ކޯޓުން ހިންގޭ މަޝްރޫޢުތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

 މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން، ނުވަތަ
  2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިޔުމާއެކު، GS 2   ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އިންޓަރވިއުކުރުން:

  • މިމަޤާމަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ، ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށާއި މަސައްކަތުގެ ތަޖުރިބާއަށާއި، އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަރވިއު އޮންނާނީ، 9 އޮކްޓޫބަރު 2016 އާއި 12 އޮކްޓޫބަރު 2016 އާ ދެމެދުގެ ތާރީޚެއްގައި ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. އިންޓަރވިއު އޮންނަ ތާރީޚާއި ގަޑި އެންގޭނެއެވެ.
  • މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރާއިރު ހޮވޭ 8 ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށާއި މަސައްކަތުގެ ތަޖުރިބާއަށާއި، ތަމްރީނު ޕްރޮގްރާމްތަކަށް ބެލުމަށްފަހު އެންމެ ރަނގަޅު މާކްހެއް ލިބޭ ފަރާތްތަކަށެވެ.
  • މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • ޝަރުޢި ދާއިރާއިގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ކޯޓުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން (www.judiciary.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ.)
  • ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. (ލިޔުންތަކުގައި އަދާކޮށްފައިވާ ވަޒީފާއާގުޅޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަވާގޮތަށް ލިޔުން ހޯއްދަވަންވާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފުކޮޕީއެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • އިންޓަރވިއުއަށް ދުރުވާއިރު ހުށަހެޅުއްވި ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ. އަސްލު ނުގެންނަވާ ފަރާތްތަކާ އިންޓަރވިއުއެއް ނުކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 19 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ކޯޓުގެ 6640142 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

26 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016