ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 447-HR/1/2016/51
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 08 ސެޕްޓެންބަރު 2016 14:00
ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ކޮންސްޓްރަކްޝަން އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް.އެސް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ގިންތި

ވަގުތީ (1 އަހަރުދުވަހުގެ ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

3 (ތިނެއް)

ވަޒީފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި،  ޔުނިޓް

ކ. މާލެ / ޕަބްލިކް ވަރކްސް ސަރވިސަސް، އޮޕަރޭޝަން ސެކްޝަން

މުސާރައާއި ޢިނާޔަތްތައް

މުސާރަ: މަހަކު -/5,610 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެ.)

މަޤާމުގެ ޝަރުޠު

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޕަބްލިކް ވަރކްސް ސަރވިސަސްއިން ހިންގުމަށް ހަވާލުވާ ޕްރޮޖެކްޓްތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދޭތޯ ބަލަމުން ގެންދިއުމާއެކު، ޕްރޮޖެކްޓްތަކުގެ ސްޓޭޓަސް ދުވަހުންދުވަހަށް އަޕްޑޭޓްކޮށް ޕްރޮޖެކްޓްތަކާބެހޭ ތަފާސްހިސާބުތައް ހިމެނޭގޮތަށް ރެކޯޑްސް ބެލެހެއްޓުން.
  2. ޕްރޮޖެކްޓްތަކުގެ ބީ.އޯ.ކިއު ހެދުމާއި، ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށް، އެ ލިޔެކިޔުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޕްރޮޖެކްޓް ފައިލް ތައްޔާރުކޮށް، އެކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.
  3. ރާއްޖެއިން ބޭރުން މަޝްރޫޢުތަކަށް ގެންނަންޖެހޭ ތަކެތީގެ ޓެންޑަރ ޑޮކިޔުމަންޓާއި، ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކުރުން.
  4. މަޝްރޫޢުތަކާ ބެހޭގޮތުން ހަދަންޖެހޭ ރިޕޯޓުތައް ތައްޔާރު ކުރުމާއި، ކޮންސަލްޓެންޓުންނާއި އަދި ކޮންޓްރެކްޓަރުން ހުށަހަޅާ އިންވޮއިސްތައް ޗެކުކޮށް، ފައިސާ ދެއްކުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  5. ޕްރޮޖެކްޓްތަކުގެ ސްޓޭޓަސް ރިޕޯޓުތައް ތައްޔާރުކޮށް، މެނޭޖްމަންޓަށް ހުށަހަޅަމުން ގެންދިއުމާއި، ޕްރޮޖެކްޓްތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުން.
  6. ޕްރޮޖެކްޓް ސައިޓްތަކަށް ކުރަންޖެހޭ ދަތުރުތައް އިންތިޒާމުކޮށް ހިންގުމާއި، އެހެނިހެން ގޮތްގޮތުން ސައިޓްތަކަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުން.
  7. މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދިނުމާއި، މިފަދަ ކަންކަމުގައި ބޭނުންވާނެ ފަންނީ ލަފާ މެނޭޖްމަންޓަށް އެރުވުން.
  8. ހިންގުމުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެމަތިން އެކިފަރާތްތަކާއެކު ކުރެވޭ މުޢާމަލާތުތަކުގެ ޞައްޙަ މަޢުލޫމާތު ހިމެނޭގޮތަށް ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު، ރައްކާތެރިގޮތުގައި، ގަވާއިދުން ރެކޯޑްސް ބެލެހެއްޓުން.
  9. ސަރުކާރުގެ ދާއިރާތަކާއި، އަދި އޮފީހުގެ އެކި ދާއިރާތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، ޔުނިޓްގެ މުވައްޒަފުންނާބެހޭ ކަންތައްތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ތައްޔާރު ކުރުމުގައި އެޗް.އާރު ޔުނިޓަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އިތުރުގަޑީގެ މަސައްކަތަށް ނެރޭ މުވައްޒަފުންގެ ރެކޯޑްސް ބެލެހެއްޓުން ފަދަ ހުރިހާކަމެއް ދުވަހުންދުވަހަށް ހިންގުން.
  10. ޔުނިޓުގެ މުވައްޒަފުން އެކިކަންކަމުގައި މުޢާމަލާތު ކުރާ ގޮތާއި، މަސައްކަތުގެ އަޚުލާޤު އޮފީހުގެ ގަވާއިދުތަކާއި އުސޫލުތަކާއި، އަދި ތަޞައްވުރާ އެއްގޮތްވާ ގޮތުގެމަތިން ހިންގުމާއި، ހަމަޖެހިފައިވާ އުސޫލުތަކާއި ޚިލާފަށް ހިނގާ ކަންކަން އިޞްލާޙު ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީނު

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަރވިއު.

4. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއް ކަމުގައިވުން.

5. މާލިއްޔަތު ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޕަބްލިކް ވަރކްސް ސަރވިސަސް (ޢިއްޒުއްދީނުމަގު، މާފަންނު/ މާލެ) ގެ ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 14:00 އެވެ.

އިންޓަރވިއު ކުރުން:

  • މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަރވިއު އޮންނާނީ، 2016 ސެޕްޓެންބަރު - އޮކްޓޫބަރުމަހުގެ ތާރީޚެއްގައި، ޕަބްލިކް ވަރކްސް ސަރވިސަސް (ޢިއްޒުއްދީނުމަގު، މާފަންނު / މާލެ) ގައެވެ.
  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ލިބެން ހުންނާނީ ޕަބްލިކް ވަރކްސް ސަރވިސަސް މާލޭ އޮފީހުންނެވެ.)

- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސަސްގެ 3323537 ނަންބަރު ފޯނަށް ނުވަތަ 3020815 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

27 ޛުލްޤަޢިދާ 1437

30 އޮގަސްޓް 2016