ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)239-AHRI/239/2016/32
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 08 ސެޕްޓެންބަރު 2016 13:00
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މި އިދާރާގެ ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް:

އެމް.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން، އޮފީސް، ރަށް:

އެޓޯލް ޑިވެލޮޕްމަންޓް ސަރވިސަސް / ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ އިދާރާ / ތ.ވޭމަންޑޫ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/7035 ރ

- ސަރވިސް އެލަވަންސް: މަހަކު -/2000 ރ.

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

5. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ރަށު ކައުންސިލްތައް ހިނގާނުހިނގާގޮތް ބަލައި ވިލަރެސްކުރުން.
  2. ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމާބެހޭ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކައުންސިލްތަކުން ޢަމަލުކުރަމުން ގެންދޭތޯ ބެލުން.
  3. ބޯހިމެނުމާއި ތަފާސްހިސާބު އެއްކުރުމާއި އެކިއެކި ސަރވޭތަކާބެހޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.
  4. އަތޮޅުގެ 5 އަހަރުގެ ތަރައްޤީގެ ޕްލޭނާއި ބިޒްނަސް ޕްލޭން ހެދުމާއި، އެކަމާބެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، ޕްލޭންތައް ވިލަރެސްކޮށް ބެލެހެއްޓުމާއި، މިކަންކަމާ ގުޅިގެން އަތޮޅުގެ ރަށްރަށަށް ދޭންޖެހޭ ފަންނީ ލަފާ ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
  5. އަތޮޅުގެ ހުރިހާ ކައުންސިލްތަކުގެ 6 މަސްދުވަހުގެ ރިޕޯޓު ތައްޔާރުކުރުމާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  6. އަތޮޅުގައި ހިނގަމުންދާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.
  7. ޕްރައިމަރީ ހެލްތު ކެއަރ އާ ބެހޭގޮތުން އަތޮޅު ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުން.
  8. ޕްރީ ސްކޫލުތަކުގެ ކަންތައް ބެލެހެއްޓުމަށް އަތޮޅު ކައުންސިލުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
  9. ކުއްލި ޙާލަތްތަކާ ގުޅިގެން އަތޮޅު ކައުންސިލުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެކަމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  10. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމުގެ ޚިދުމަތާބެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  11. ފައްސިޔަ ވިޔަފާރީގެ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  12. ނާޅި ވިޔަފާރީގެ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  13. ރަށްރަށުގެ ބޯފެނާއި، ނަރުދަމާ ނިޒާމާއި، ކަރަންޓް ތަރައްޤީ ކުރުމާއި، ތިމާވެށި ޙިމާޔަތް ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  14. އަތޮޅުގައި ހިންގާ މަދަނީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ކަންތައްތައް ހިންގައި ބެލެހެއްޓުމާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.
  15. ކައުންސިލުގެ އިޚުތިޞާޞްގެ ތެރޭގައި ހުރި ޤުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި، ތަރައްޤީކޮށް ނަފާނެރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  16. ތަރައްޤީގެ ޙަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް މާލީ އިދާރާތަކާ އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  17. އޮޑިޓްކުރުމާ ބެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  18. އަތޮޅުގެ ސިނާޢަތުތައް ތަރައްޤީކުރުމުގެ މަސައްކަތް ރާވައި ހިންގުން.
  19. އަތޮޅަށް އަންނަ އިންވެސްޓްމަންޓްތަކާ ގުޅިގެން އަތޮޅު ކައުންސިލުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  20. ކައުންސިލުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާ ކައުންސިލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

  1. ތަޢުލީމާއި ތަމްރީނު
  2. މަސައްކަތުގެ ތަޖުރިބާ
  3. އިންޓަރވިއު
  4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު
  5. ތެދުވެރިކަމާއެކު ރަނގަޅަށް މުޢާމަލާތްކުރުމުގެ ހުނަރާއި ރަނގަޅު ލީޑަރޝިޕް ސްޓައިލެއް ހުރުން.
  6. ޕްލޭނިންގ އާއި ޑިވެލޮޕްމަންޓުގެ ދާއިރާއިން ތަޖުރިބާ ހުރި މީހުން. 

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ:

- ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ އިދާރާ / ތ. ވޭމަންޑޫގެ ކައުންޓަރަށެވެ.

- ތަކެތި ބަލައިގަންނާނީ، އިޢުލާނުގެ މުއްދަތުގައި ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 13:00 އާ ދެމެދުގައެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ: 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން.

އިންޓަވިއުކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަރވިއު އޮންނާނީ 2016 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައެވެ.

- ވަޒީފާއަށް އެދި 10 (ދިހައެއް) މީހުންނަށްވުރެ ގިނައިން ކުރިމަތިލައިފިނަމަ، އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. 

ހުށަހަޅަންޖެހޭ ތަކެތި:

ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށް ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv/dv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖެހި އަސްލު ހުށަނާޅުއްވާނަމަ، އިންޓަރވިއުއަށް ހޮވިއްޖެނަމަ، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު އަސްލުތައް ގެންނަންވާނެއެވެ.)

މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެ ފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް އެނގޭފަދަ)

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ 6780700 ނަންބަރު ފޯނަށް ނުވަތަ 9969609 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

26 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016