ވަޒީފާގެ ފުރުޞަތު
ނަންބަރު: AIA-D1/IL/2016/0018
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 08 ސެޕްޓެންބަރު 2016 14:00
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އެޓެންޑެންޓް

ވަޒީފާގެ ފުރުޞަތު

މަޤާމު:

އޮފީސް އެޓެންޑެންޓް

މަސައްކަތް ކުރަންޖެހޭ ތަން:

މާލެ

މަޤާމުގެ ޝަރުޠު:

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޢުމުރުން 65 އަހަރުން މަތީގެ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.
  • މީހުންނާ ގުޅިގެން އެކުގައި މަސައްކަތްކުރެވޭ މީހެއް ކަމުގައިވުން.

އާންމުކޮށް ކުރަންޖެހޭ މަސައްކަތް:

  • މި ކުންފުނިން ހަވާލުކުރާ އިންވޮއިސް، ސިޓީ، ޑޮކިއުމަންޓްސް ފަދަ ތަކެތި ބެހުމަށް ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކަށް ދިއުމާއި، އޮފީހަށް ގެންނަންޖެހޭ ތަކެތި ގެނައުން.
  • އޮފީސް އިމާރާތާއި، ފަރުނީޗަރާއި، ހިފައިގެންގުޅޭ ތަކެތި ސާފުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.
  • ޕޮލިސްރިޕޯޓު.
  • ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް.
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • މުއްދަތު ހަމަނުވާ ޑްރައިވިންގ ލައިސަންސް ކާޑުގެ ކޮޕީ.

ސުންގަޑި:

2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 16:00 ގެ ކުރިން.

އިންޓަރވިއު:

އިންޓަރވިއުއަށް ކިޔާނީ، މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

ލިޔުންތައް ހުށަހަޅަންޖެހޭ އެޑްރެސް:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް

ހ. ގަދަމޫ ބިލްޑިންގ/ 2 ވަނަ ފަންގިފިލާ

މާލެ

ފޯނު: 6898010

އީމެއިލް: [email protected]    

25 ޛުލްޤަޢިދާ 1437

28 އޮގަސްޓް 2016