ވަޒީފާގެ ފުރުޞަތު
|
މި އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.
|
މަޤާމުގެ ނަން:
|
ޕްލޭނިންގ އޮފިސަރ
|
ރޭންކް:
|
އެމް.އެސް 1
|
ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މުސާރަ:
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/2,000 ރުފިޔާ
|
މަޤާމު އޮތް އޮފީސް / އިދާރާ:
|
ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލުގެ އިދާރާ
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:
|
އިކޮނޮމިކް އެންޑް މުނިސިޕަލް ސަރވިސް
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ފ. ބިލެތްދޫ ކައުންސިލުގެ އިދާރާ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- އެއްގަމާއި ކަނޑުގައިދުއްވާ އުޅަނދު ފަހަރުގެ ރަޖިސްޓަރީގެ ކަންތައްތައް ބެލެހެއްޓުމާއި، މަސްވެރިކަމުގެ ލައިސަންސް ދޫކުރުމާއި، ސާފުތާހިރުމަކުގެ ސެޓުފިކެޓުގެ ކަންތައްތައް ބެލެހެއްޓުން.
- ރައްޔިތުންގެ ބައިވެރިވުމާއެކު، ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ކައުންސިލުގެ ލަފައާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ޢަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 4 (ހަތަރެއް) މަސްދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް، ކުރިއަށްއޮތް 5 (ފަހެއް) އަހަރުދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން ތައްޔާރުކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން.
- ރަށުގެ ތަރައްޤީގެ ޕްލޭނުގެ މައްޗަށް ބަލައިގެން ތައްޔާރު ކުރަންޖެހޭ މަސައްކަތުގެ ތާވަލު ތައްޔާރުކޮށް، ޕްލޭނުގައި ހިމެނޭ ކަންކަން ހިނގަމުންދާގޮތް މޮނީޓަރކޮށް އިވެލުއޭޓްކޮށް ބެލެހެއްޓުން.
- ރަށުގެ ތަރައްޤީއަށް އެއްކުރަންޖެހޭ މަޢުލޫމާތުތަކާއި ތަފާސްހިސާބު އެއްކޮށް، ތަފާސްހިސާބާބެހޭ ރިޕޯޓުތައް ހަދައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކައުންސިލް އިދާރާގެ ތަފާސްހިސާބު ބެލެހެއްޓުން.
- ކުނި ނައްތާލުމުގެ ކަންތައްތައް ބެލެހެއްޓުމާ ގުޅޭ ކަންކަން ބެލެހެއްޓުން.
- ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ދޭ ޚިދުމަތްތަކުގެ ތެރެއިން، ކައުންސިލް މެދުވެރިކޮށް ދިނުމަށް ހަމަޖައްސާފައިވާ ހުއްދަތަކާއި، ޚިދުމަތްތައް ދިނުމުގެ ކަންތައްތައް ބެލެހެއްޓުން.
- އިދާރީ ދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި، އެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، އެއާގުޅޭ ގަވާއިދު ހެދުމާއި، އެ ގަވާއިދުތައް ތަންފީޒު ކުރުމަށް މަސައްކަތްކުރުން.
- ކައުންސިލުން ދޭ ޚިދުމަތްތަކާއި، ކައުންސިލް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުން ފީ ކަނޑައެޅުމާބެހޭ ކަންތައް ބެލެހެއްޓުން.
- ކޮންމެ އަހަރެއްގެ އޮގަސްޓުމަހުގެ ނިޔަލަށް، ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި، ބަޖެޓު ތައްޔާރުކުރުމުގައި ބަޖެޓް ސެކްޝަނަށް ލަފައާއި މަޝްވަރާ ދިނުން.
- ރަށުގެ ތިމާވެށްޓާބެހޭ ކަންތައްތައް ބެލެހެއްޓުން.
- ރަށުގެ އެކިއެކި ބޭނުންތަކަށް ދޫކުރެވޭ ބިންތައް ސަރވޭކޮށް ފާހަގަކުރުމުގެ މަސައްކަތްކުރުމާއެކު ބިންބިމާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
- ކައުންސިލުގެ އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލުގެ އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
|
މަޤާމުގެ ޝަރުޠު:
|
1. އިކޮނޮމިކްސް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
2. އިކޮނޮމިކްސް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
3. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށް، ސަނަދު ހާސިލުކުރި ކޯހުން އިކޮނޮމިކްސް ނުވަތަ ބިޒްނަސް މޮޑިއުލެއް ކިޔަވާފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
ތަޢުލީމީގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި އިންޓަރވިއުއިން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.
|
އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކުހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނޭ ތަނަކާއި ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ކުރިމަތިލާ ފަރާތްތަކަށް އެންގޭނެއެވެ. އެހެންކަމުން، އެ ތާރީޚަށް އިންޓަވިއު އަށް ތައްޔާރުވެ، ރަށުގައި ހާޒިރުވެ ތިއްބެވުން އެދެމެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
|
2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމާއި، އެއާގުޅޭ ލިޔުންތަކާއެކު ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލުގެ އިދާރާއަށެވެ.
|
އުޖޫރަ އާއި ޢިނާޔަތްތައް
|
- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުންނާއި، ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފަރާތުގެ ސޮއިކޮށްފައިވާ)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ އެތަނެއްގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
|
މަޢުލޫމާތު ސާފުކުރުން
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު: 6740013 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 674059 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
|
ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލު ކުރެވޭނެއެވެ. އަދި ވަގުތު ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.
|