މަސައްކަތް
ނަންބަރު: (IUL)32-A/1/2016/46
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 05 ސެޕްޓެންބަރު 2016 11:30
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ފޮތް ޗާޕުކުރުން

އިޢުލާން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ފޮތް ޗާޕުކުރުން

މި އޮފީހުގެ ނަންބަރު: (IUL)32-A/1/2016/40 (21 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ 2008 އަށް ބައެއް އިޞްލާޙު ގެނެވިފައިވާތީ، މި އޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ފޮތް އިޞްލާޙުކޮށް ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްޕުޅުތަކުން 2016 ސެޕްޓެންބަރު 5 ވާ ހޯމަ ދުވަހުގެ 11:30 އަށް މި އޮފީހަށް ވަޑައިގެން މަޢޫލުމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ، މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

29 ޛުލްޤަޢިދާ 1437

 

01 ސެޕްޓެންބަރު 2016