ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު |
އޮފީސް އެސިސްޓެންޓް (ދާއިމީ) |
ރޭންކް: އެސް. އެސް 2 |
ބޭނުންވާ އަދަދު |
1 (އެކެއް) |
|
މަސައްކަތް ކުރަންޖެހޭ ތަން |
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓްކޯޓު |
|
އަސާސީ މުސާރަ |
މަހަކު -/3470ރ (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ) |
|
މި މަޤާމަށް ލިބޭ އެލަވަންސް |
ސަރވިސް އެލަވަންސް މަހަކު -/1000ރ (އެއްހާސް ރުފިޔާ)، ލިވިންގ އެލަވަންސް މަހަކު -/2550ރ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) އަދި ޖުޑީޝަލް އެލަވަންސް ގޮތުގައި މުސާރައިގެ %25 |
|
އިތުރުގަޑި |
މި މަޤާމުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
އަސާސީ ޝަރުޠު |
1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއި، އަދި ލިޔަންކިޔަން އެނގުމާއެކު، މަސައްކަަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ 2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 3- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 2 ރޭންކުގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން. |
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތައް |
1- ސިޓީއާއި ނޯޓާއި، ޗިޓާއި، އެހެނިހެން ލިޔެކިޔުންތައް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން. 2- ޕޯސްޓަށް ގެންދަންޖެހޭ ތަކެތި ގެންދިއުން. 3- އޮފީހުގެ ބޭނުމަށް ހޯދާ ތަކެތި އޮފީހަށް ގެނައުން. 4- މެޖިސްޓްރޭޓުންގެ ކޮޓަރިއާއި ޝަރީޢަތްކުރާ ކޮޓަރި ސާފުކޮށް ބެލެހެއްޓުން. 5- އޮފީސް ހުޅުވައި ލެއްޕުން. 6- މީގެ އިތުރުން، ވެރިން އަންގަވާ އޮފީހުގެ ރަސްމީ މަސައްކަތް ކުރުމާއި، ނުރަސްމީ ގަޑީގައި ވެސް ވެރިން އަންގަވާ ރަސްމީ މަސައްކަތް ކުރުން. |
|
ހުށަހަޅަންޖެހޭ ތަކެތި |
1- ކުރިމަތިލާ ފަރާތުގެ ވަނަވަރު 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ) 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ) 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ) |
|
ސުންގަޑި |
2016 ސެޕްޓެންބަރު 19 ވާ ބުރާސްފަތިދުވަހުގެ 15:00 ގެ ކުރިން ހއ.ދިއްދޫ މެޖިސްޓްރޭޓްކޯޓަށް ހުށަހެޅުއްވުން އެދެމެވެ. |
|
އިތުރު މަޢުލޫމާތު |
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުން ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން 15:00 އަށް ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 6500021 ނަންބަރާ ގުޅުއްވުން އެދެމެވެ. |
26 ޛުލްޤަޢިދާ 1437