ވަޒީފާގެ ފުރުޞަތު
|
މަޤާމު:
|
މުނިސިޕަލް ސަރވިސް އޮފިސަރ
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 (ރޭންކް: އެމް.އެސް 2)
|
މަޤާމުގެ މުސާރަ:
|
މަހަކު -/6،295 ރުފިޔާ |
ސަރވިސް އެލަވަންސް:
|
މަހަކު -/2،000 ރުފިޔާ |
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:
|
ފ. ފީއަލީ ކައުންސިލުގެ އިދާރާ / އިކޮނޮމިކް ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސް
|
ތަޢުލީމާއި ތަޖުރިބާ:
|
މަޤާމުގެ މަސައްކަތުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- ބިޒްނަސް މެނޭޖްމަންޓް / ފައިނޭންސް މެނޭޖްމަންޓް / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަންދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މުނިސިޕަލް ސަރވިސްއާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ބިޒްނަސް މެނޭޖްމަންޓް / ފައިނޭންސް މެނޭޖްމަންޓް / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މުނިސިޕަލް ސަރވިސްއާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ބިޒްނަސް މެނޭޖްމަންޓް / ފައިނޭންސް މެނޭޖްމަންޓް / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަންދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- ބިޒްނަސް މެނޭޖްމަންޓް / ފައިނޭންސް މެނޭޖްމަންޓް / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 އަށް ވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
މައިގަނޑު މަސައްކަތް
- އެކިއެކި ބޭނުންތަކަށް ދޫކުރާ ބިންބިމުގެ ކަންތަކާއި، ގޯތިގެދޮރާ ބެހޭގޮތުން ހުށަހެޅޭ މައްސލަތަކުގެ ކަންތަކާއި، ބިނާވެށި ޕްލޭނާއި ބިމުގެ ބަޖެޓް ތައްޔާރުކޮށް ލޭންޑް ސަރވޭކުރުމުގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވާ މުވައްޒަފު އެ މަސައްކަތް ކުރޭތޯ ބަލައި މަސައްކަތްކުރުވުން.
- ރަށުކައުންސިލުގެ އިދާރާއާއި ރައްވެހިގެއާއި، މިސްކިތްތައް ބެލެހެއްޓުމާއި، އެ ތަންތަން މަރާމާތުކުރުމާއި، އެ ތަންތަނަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ މުވައްޒަފު އެ މަސައްކަތް ކުރޭތޯ ބަލައި، މަސައްކަތްކުރުވުން.
- ބިނާވެށި ޕްލޭނާއި، ބިމުގެ ބަޖެޓް ތައްޔާރުކޮށް އަންނަ ބަދަލުތައް ބެލެހެއްޓުމާއި، ރަށުގެ ތަރައްޤީއާ ބެހޭ ޕްރޮޖެކްޓްތައް ހިންގައި މޮނިޓަރކޮށް ބެލެހެއްޓުން.
- ރައްޔިތުންގެ ބައިވެރިވުމާއެކު، ރަށުގެ ތަރައްޤީގެ ޕްލޭން ރޭވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ކަމާބެހޭ ފަރާތްތަކަށް ދިނުމާއި، ރަށުކައުންސިލުގެ އިޚުތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުމާއި، ބަޖެޓް ތައްޔާރު ކުރުން.
- ޕްރޮޖެކްޓް އޮފިސަރުގެ ދަށުން މަސްކަތްކުރާ މުވައްޒަފުންގެ ޓާގެޓްތައް ކަނޑައެޅުމާއި، މުވައްޒަފުންގެ ފެންވަރު ބެލުމާއި، މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން.
- ސެކްޝަނަށް އަންނަ ލިޔެކިޔުންތައް އެންޓްރީއަށް މަޢުލޫމާތު އެންޓަރކުރުމަށްފަހު ވެރިންނާ ހަމައަށް ލިޔުންތައް ގެންދިއުމާއި، ސެކްޝަނުގެ މައްސަލަތަކަށް ޖަވާބުތައްޔާރުކޮށް ވެރިން ލައްވައި ސޮއިކުރުވުމަށްފަހު އެކަމާގުޅޭ މުވައްޒަފަކާ އެ މައްސަލައެއް ހަވާލުކުރުން.
- ރަށުފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކި ފަރާތްތަކާއެކު އެގްރީމަންޓްކޮށް ވިޔަފާރީގެ މުޢާމަލާތުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
- ރަށުފެންވަރުގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި އެހެނިހެން ޞިނާޢަތްތައް ކުރިއެރުވުމަށް އެހީތެރިވެދީ މަސައްކަތްކުރުން.
- ސަރުކާރުގެ އިދާރާތަކާއި، ކައުންސިލަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން.
- ހަމަޖެހިފައިވާ އުސޫލުން އޮފީސް ހުޅުވައި ލެއްޕުން.
- ވަޒީފާ ބަޔާނުގައި ހިމެނިފައިވާ ކަންތައްތަކުގެ އިތުރުންވެސް އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- ތަޢުލީމާއި ތަމްރީނު
- މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި ޤާބިލުކަމާއި ސިފަތައް
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
- އިންޓަރވިއުއިން އެންމެ މަތީ މާކްސް ހޯދާ ފަރާތް
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
2016 ސެޕްޓެންބަރު 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު' ފުރިހަމަކުރުމަށްފަހު މި އިދާރާއަށް.
|
އިންޓަރވިއު އަދި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2016 ސެޕްޓެންބަރު 20 ވަނަ ދުވަހުން ފެށިގެން ފ. ފީއަލީ ކައުންސިލުގެ އިދާރާގައެވެ.
|
އުޖޫރައާއި އިނާޔަތްތައް:
|
- އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަހުގެ ފައިސާ، އަދި އެހެނިހެން ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (ފޯމު މި އިދާރާގެ ކައުންޓަރުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކުރަންޖެހޭ ލިޔުންތައް އެކްރެޑިޓްކުރެވިފައި)
- ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓުފިކެޓުގެ ކޮޕީ.
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.
- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، ފީއަލީ ކައުންސިލުގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، ވަޒީފާއަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
|
އެހެނިހެން ކަންތައްތައް
|
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މީލާދީގޮތުން ޢުމުރުން 55 އަހަރު ހަމަވެފައިވާ މީހެއް ކަމުގައި ވެގެންނުވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ.
|